English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސްޕެނިޝް ލީގު ތާވަލުގެ ދެވަނަ މަގާމަށް ބާސެލޯނާއިން ޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު އިރު، މެޗުގައި ބާސެލޯނާ އިން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ. މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ޕެޑްރީއެވެ.

ރޭގެ މެޗުން މޮޅުވެ ތާވަލްވެ ދެވަނައަށް ބާސާ ޖެހިލިއިރު، ދެވަނާގައި އޮތް ބާސާ އާއި ތިން ވަނައިގައި އޮތް އެތުލެޓިކޯ އަދި ހަތަރެއްގައި އޮތް ސެވިއްޔާ އަށް ވެސް ޕޮއިންޓު ލިބިފައިވަނީ އެއްވަރަކަށެވެ. މީގެން ކޮންމެ ޓީމަކަށް ވެސް 57 ޕޮއިންޓް ލިބިފައިވާއިރު، ބާސާއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. އެޓީމު އެއްވަނާގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 69 ޕޮއިންޓާއި އެކުގައެވެ.