English Edition
Dhivehi Edition

ގދ.ވާދޫ ޒުވާނުންގެ މަރުކަޒުގައި މަސައްކަތްކުރުމަށް، ސްޕޯޓްސް ކައުންސިލަރެއް ހޯދުމަށް ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ އިން އިއުލާންކޮށްފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކުޅިވރާއި ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން މުޖުތަމުގައި ހިމެނޭ ހުރިހާ އުމުފުރާ އަކަށް ބައިވެރިވެވޭ ގޮތަށް ( އިންކްލޫސިވް) އެކްޝަން ޕްލޭނެއް ރާއްވައި ކުރިއަށް ގެންދިއުމާއިއެކު، އެމަސައްކަތްތައް ބެލެހެއްޓުން ހިމެނޭކަމަށެވެ. މީގެ އިތުރުން ހިންގާ ޕްރޮގްރާމްތަކުގެ ރެކޯޑް ބެލެހެއްޓުމާއި އަދި ހިންގަމުނަދާ ޙަރަކާތްތަކުގެ ރިޕޯރޓެއް ކުރިޔަށް އޮތް މަހުގެ 5 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ފޮނުވުމާއި، ރާވާ ހިންގާ ޕްރޮގްރާމް ތަކާއި ގުޅޭ މަޢުލޫމާތާއި ރެކޯޑްތައް ދުރާލައި ކައުންސިލާއި ހިއްސާ ކުރުން ހިމެނެއެވެ.

މި މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ޒުވާނުންގެ މަރުކަޒުން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއްކުރުމާއި، ހިންގަ ޕްރޮގްރާމްތަކުގެ ކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް ސުޕަރވައިޒަރާއި ޙިއްސާކުރުމާއި، ޕްރޮގްރާމެއް ފެށުމުގެ ކުރިން އެޕްރޮގްރާމެއް ހިންގުމަށްޓަކައި ފޮނުވަންޖެހޭ އެއްވެސް ރަސްމީ ލިޔެކިޔުމެއް ވާނަމަ މަދުވެގެން 2 ހަފްތާކުރިން ކަމާބެހޭ ފަރާތްތަކަށް ފޮނުވާ މަޢުލޫމާތު ޙިއްސާކުރުން ހިމެނެއެވެ.

މީގެ އިތުރުން ޒުވާނުންގެ މަރުކަޒުގައި ހިމެނޭ ކުޅިވަރާއިބެހޭ އެންމެހާ އިކްއިޕްމެންޓް ތަކުގެ އިންވެންޓްރީ ނަގައި ރެކޯޑްތައް ބެލެހެއްޓުމާއިއެކު، އެއްޗެއް ހަލާކުވެއްޖެނަމަ ކަމާއިގުޅޭ ޑިޕާރޓްމެންޓަކާއި އެކަން ޙިއްސާކޮށް އެތަކެތު ހޯދުމާއި ރަށުގެ އެކި އުމުރު ފުރާތަކަށް އެންމެ ބޭނުންތެރި ނުވަތަ ބޭނުންވާ ކަސްރަތު / ކުޅިވަރު މުބާރާތް ތަކަކީ ކޮބައިކަން ދެނެގަނެ ކަސްރަތުތައް / ކުޅިވަރު މުބާރާތްތައް ކުރިއަށް ގެންދާނެ ޕްލޭން ހެދުން ހިމެނެއެވެ. އަދި ހެދިފައިވާ ޕްލޭންތަކާއި އެއްގޮތަށް އެކި އުމުރުފުރައަށް އަމާޒުކޮށް ކަސްރަތުގެ / ކުޅިވަރު މުބާރާތްތަކުގެ ސެޝަންތައް ނަގައި ދިނުމުގެ އިތުރުން ކަސްރަތު ކުރުމަށް މީހުން ނެރުމަށް ބާރު އެޅުމާއި ، ކަސްރަތަކީ ދިރިއުޅުމަށް ކިހާ ބޭނުންތެރި ކަމެއް ކަމާއި އާންމު ދިރިއުޅުމުގައި ކެއުން ބަހައްޓަންވީ ގޮތާއި ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް އެވެއާރނަސް ސެޝަންތައް ބޭއްވުން ހިމެނެއެވެ

ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލްގައި ހިމެނޭ އެންމެހައި ކުޅިވަރު މުބާރާތްތަކާއި، ރަށު ފެންވަރުގައި ކައުންސިލުން ހިނގޭ ކުޅިވަރު މުބާރާތްތައް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި ފަންނީ ލަފާ ދިނުމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން މުޖުތަމަޢުގައި ހިމެނޭ ހުރިހާ އުމުރުފުރާ އަކަށް ބައިވެރިވެވޭ ގޮތަށް (އިންކުލޫސިވް) އެކްޝަން ޕްލޭނެއް ރާވައި ކުރިއަށް ގެނދިޔުމާއިއެކު އެ މަސައްކަތްތައް ބެލެހެއްޓުން ވެސް މި ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ. އަދި .ރަށުފެންވަރުގައި ހިންގޭ ކުޅިވަރު އިވެންޓްތަކާއި ޕްރޮގްރާމްތައް ރާވައި ހިންގާ ފަރާތްތަކަށް އެހީ ތެރިވުމާއި އިސްކޮށް ހަރަކާތްތެރިވުމާއި ހިނގާ ހަރަކާތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި އެކު އެ މަސައްކަތުގެ ރިކޯޑް ބެލެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒް ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތީން ރާވައި ހިނގައި ބެލެހެއްޓުމާއި އެކު އެ ނިންމުންތައް ތަންފީޒް ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން ހިމެނެއެވެ. އަދި ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބްދާރީވުންވެސް މި ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ،

މި މަގާމުގެ ޝަރުތަކީސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން “ޑީ” ގްރޭޑް ލިބިފައިވުމާއި އެކު ، އޭގެ އިތުރުން ‘ސެކަންޑަރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑަރީ ސްކޫލް’ ސެޓްފިކެޓް އިމްތިޙާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއި އެކު ‘ސެކަންޑަރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑަރީ ސްކޫލް’ ސެޓްފިކެޓް އިމްތިޙާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުމެވެ.

މި ވޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން، މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި 12 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ގދ.ވާދޫ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ސްޕޯރޓްސް ކައުންސިލަރުންގެ އޮނިގަނޑު ސީއެސްސީން އެކުލަވާލާފައިވާއިރު، ކައުންސިލަރުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި ވަނީ GS3 ގްރޭޑްއެވެ. ސްޕޯޓްސް ކައުންސިލަރެއްގެ ބޭސިކް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 4،465ރ. އެވެ. އެލަވަންސްގެ ގޮތުގައި 1،500ރ. އަދި ކޯ ސަޕޯޓިން އެލަވަންސްގެ ގޮތުގައި 700ރ. އެވެ.

ސްޕޯޓްސް ކައުންސިލަރުން އައްޔަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދުގެ ތެރޭގައި ހިމެނޭ ވައުދުކެވެ،