English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ ޖަމިއްޔާތައް ގުޅިގެން ޓްރެކް ސަރަހައްދު ސާފުކުރުން

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން، ‘އިންއެކްޓިވް’ ޖަމިއްޔާތަކަށް އިތުރު ފުރުސަތެއް ދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ނިންމައިފިއެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ދިވެހިރާއްޖޭގައި ކޮވިޑު-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާން ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 13 މާރިޗު 2022 ވަނަ ދުވަހު އުވާލުމާއިގުޅިގެން ކޮވިޑް-19 ދުވަސްވަރަށް ތަފާތު އެކި ޖަމްޢިއްޔާތައް ހިންގުމަށާއި އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ނުނިމި ހުރިކަން ޖަމްޢިއްޔާތަކުން މިނިސްޓްރީއާއި ޙިއްޞާކޮށްފައިވާކަމަށެވެ.

މިގޮތުން، ސަރުކާރުން މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އިންއެކްޓިވް ޖަމްޢިއްޔާތަކަށް 31 ޖުލައި 2022 ގެ ނިޔަލަށް އިތުރު ފުރުޞަތަކެއް ދިނުމަށް މިނިސްޓްރީން ނިންމާފައިވާކަމަށް މި އިއުލާނުގައި ވަނީ ބުނެފައެވެ.

މަދަނީ ޖަމިއްޔާތަކާއެކު މަސައަތްކުރުމަކީ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބައިކަމަށް އެ ނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޖަމިއްޔާ ޖަމާއަތްތައް ބާރުވެރިކުރުމަށް ޔޫތު މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.