English Edition
Dhivehi Edition

ޔުނޮޕްސް އިން ކްލައިމެޓް ޗޭންޖިންގ ގެ ނަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ގުޅިގެން ބޭއްވުނު މަޒުމޫނު ލިޔުމުގެ މުބާރާތް 2021 ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު މެންދުރު 14:00 ގައި ބޭއްވި މި ރަސްމިއްޔާތުގައި UNOPS ގެ ކަންޓްރީ މެނޭޖަރ ފޮރ މޯލްޑިވްސް އެންޑް ސްރީލަންކާ – ސުދީރު މުރަލިދަރަން އާއި ސީނިއަރ ޕާޓްނާޝިޕް އެނެލިސްޓް ފޮރ މޯލްޑިވްސް – މާކޯ ޕެލެރޭ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އަދި ޔުނިވަރސިޓީގެ އިސްވެރިނާއި މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހަތަރު ބައިވެރިންނާއި އެކު ކުރިއަށްގެންދިޔަ މި މުބާރާތުގައި 1 ވަނައަށްދިޔަ ފަރާތްކަމުގައިވާ އާމިނަތު ފައިހާ ނަސީމަށް UNOPS ގެ ފަރާތުން USD2000 (2000 ޑޮލަރު)ގެ ޗެކެއް ޓިއުޝަން ސަބްސިޑީގެ ގޮތުގައި ވަނީ ދީފައެވެ.

މި ޗެކް ހަވާލުކޮށްދެއްވީ UNOPS ގެ ކަންޓްރީ މެނޭޖަރ ފޮ މޯލްޑިވްސް އެންޑް ސްރީލަންކާ- ސުދީރު މުރަލިދަރަން އެވެ. އަދި މި މުބާރާތުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.