English Edition
Dhivehi Edition

އައްޑޫ ސިޓީގެ ފޭދު ގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަހެއް ގާއިމްކޮށް އަންނަ ޖެނުއަރީ މަހު ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ޔުނިވަރސިޓީއިން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ނާޒިލް ވިދާޅުވީ ފޭދޫގައި ގާއިމު ކުރާ ވަގުތީ ކެމްޕަހުގައި ޖެނުއަރީ މަހުގެ ކިޔެވުން ފެށޭނެ ކަމަށެވެ. އަދި އައިޔޫއެމްގެ ރަސްމީ ކެމްޕަސް، ވެސް ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ފޭދޫގެ އިތުރުން ފުވައްމުލަކާއި ޅ. ނައިފަރުގައި ވެސް އައިޔޫއެމް ގެ ކެމްޕަސް ގާއިމްކޮށް އަންނަ ޖެނުއަރީ މަހު ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޔުނިވަރސިޓީއިން ވަނީ ބުނެފައެވެ.
އައިޔޫއެމް އިން ބުނީ ކެމްޕަސް ހުޅުވުމަށް އެ ރަށްރަށުގެ ރައްޔިތުންނާއި މަޖިލިސް މެމްބަރުންގެ ވަރަށް ބޮޑު އެއްބާރުލުން ލިބޭކަމަށާއި ފުވައްމުލަކާއި ނައިފަރުން އިމާރާތް ލިބިފައިވާއިރު އައްޑޫ ކެމްޕަހަށް އެރަށުގެ ވިޔަފާރިވެރިންގެ އެހީތެރިކަން ލިބެމުން ދާ ކަމަށެވެ.
އައިޔޫއެމްގެ މައި މަރުކަޒުގައި ކުރިއަށް ގެންދާ ހުރިހާ ކޯސްތަކެއް، އެހެން ކެމްޕަސްތަކުގައިވެސް ފެށޭތޯ ބަލާނެ ކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.
މިއީ މާލެ ފިޔަވައި އެހެން ރަށްރަށުގައި އައިޔޫއެމްއިން ކެމްޕަސް ގާއިމްކުރާ ފުރަތަމަ ފަހަރެވެ.
އައިޔޫއެމްގައި މިހާރު ހިންގަމުން އަންނަ ކޯސްތަކުގައި 2500 އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލް ކުރަމުންނެވެ.