English Edition
Dhivehi Edition
ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބޯޓު ގުރާބު / ފޮޓޯ: އެމްއެންޑީއެފް

އެސްޓީއޯގެ ތެޔޮ ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ތެޔޮބޯޓު އެރީ”ގުރާބު” ޅ. ފެލިވަރު ކައިރީ ގައި އޮންނަ ފަރަކަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެސްޓީއޯގެ ގުރާބު ނަމަކަށް ކިޔާ ބޮޑު ތެޔޮ ބޯޓުގައި 12 މީހުން އެބަތިބިކަމަށެވެ.

ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6:15 ހާއިރުކަމަށާއި ޕެޓްރޯލް ހިފައިގެން މިބޯޓު ދަތުރުކުރަމުންދިޔައީ ށ.މިލަންދޫ އިން ފުރައިގެން މާލެއަށްކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.