English Edition
Dhivehi Edition

ރެޖިސްޓަރޑް ބިހޭވިއަރ ޓެކްނީޝަނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސެބިލިޓީސް (އެމްއޭޕީޑީ) އާއި ބިއުޓިފުލް އައިސް (ޑައުންސިންޑްރޯމް އެސޯސިއޭޝަން) ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި 25 ޓީޗަރުން ވަނީ ބައިވެރިވެފައެވެ.

އެމްއޭޕީޑީން އޭއޯ ނިއުސް އަށް ބުނީ މިފަދަ ޕްރޮގްރާމެއް ބޭއްވުމުގެ މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލް މާހައުލުގައި ދިމާވާ ބިހޭވިއަރ މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ. އަދި މިފަދަ ކަންކަމަށް ފުރިހަމައަށް ތަމްރީނު ލިބިފައިވާ މީހުން ބިނާކުރުމެވެ.

މިއީ ރާއްޖޭގައި ސެޓިފައިޑް ބިހޭވިއަރ ޓެކްނީޝަނުން އުފައްދާ ފުރަތަމަ ފަހަރުކަމަށްވާއިރު، މި ތަމްރީނު ޕްރޮގްރާމަށް ފަހު، ރާއްޖޭގައި ނުކލުލެދުންތެރިކަން ހުންނަ ކުދިންނަށް ދިމާވާ މިފަދަ މައްސަލަތައް ހައްލު ކުރުމުގައި މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ލިބޭނޭ ކަމަށް ވެސް އެމްއޭޕީޑީން ބުންޏެވެ.

މި ޕްރޮގްރާމުގައި މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ދުބާއީގެ ބިހޭވިއަރ އެނަލިސްޓެއް ކަމަށްވާ އަފްޝީން ޝެއިޚް އެވެ.