English Edition
Dhivehi Edition

ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ އިޓަލީ މިއަހަރުގެ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައި ނުވުމަކީ ދުނިޔޭގެ ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ބަޔަކަށް ސިހުން ގެނުވިކަމެކެވެ. އިޓަލީ ކަހަލަ ވަރުގަދަ ބާރެއް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުން ގެއްލިގެން ނުދިއުމަކީ ވޯލްޑްކަޕްގެ ފޯރި ކުޑަވެގެން ދާނެ ސަބަބެއް ކަމުގައިވެސް ގިނަ ބަޔަކު ދެކެއެވެ.

ނިމިގެން ދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ އެއްވެސް މެޗަކުން ބަލި ނުވެ މުބާރާތުގެ ތަށި އުފުލާލި އިޓަލީ މި އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިނުވެ ކެޓީ ޔޫރްޕަޕްގެ ދަން ފަންތީގެ ޓީމަކާއި ވާދަކޮށް ބަލިވެގެންނެވެ. ނޯތް މެސެޑޯނިއާ އަކީ ޔޫރަޕްފެ ފުޓްބޯޅައިގައި މާ އެދެވޭ ކާމިޔާބީތަކެއް މިއަދާއި ހަމައަށްވެސް ހޯދިފައިވާ ގައުމެއް ނޫނެވެ. ނަމަވެސް މެސެޑޯނިއާ އަތުން އިޓަލީ ބަލިވެގެން ވޯލްޑްކަޕަށް ކޮލިފައި ނުވުން ވެގެން ދިޔައީ އިޓަލީގެ ރައްތިތުންނަށްވެސް ބަލައިގަންނަން އުނދަގޫވި ކަމެކެވެ.

ވޯލްޑްކަޕް ކޮލިފައިންގައި އިޓަލީ ލައްވާލީ ގުރޫޕް ސީގައެވެ. ގުރޫޕް ސްޓޭޖުގެ އަށް މެޗު އިޓަލީން ކުޅުނު އިރު، އެޓީމު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ހަތަރު މެޗުން އެއްވަރުވިއިރު، ހަތަރު މެޗުން ވަނީ މޮޅުވެފައެވެ. ނަމަވެސް ސްވިޒަލެންޑް އޓަލީއަށް ވުރެ އެއް މެޗު މޮޅުވެފައިވުމުން މި ގުރޫޕުގެ އެއްވަނަ ލިބުނީ ސްވިޒަލެންޑަށެވެ. އިޓަލީއަށް ލިބުނީ މި ގުރޫޕުގެ ދެވަނަ އެވެ. އެއީ ސްވިޒަލެންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައި އޮތުމުންނެވެ.

ގުރޫޕް ސީގެ ދެވަނަ ލިބުމުން އިޓަލީއަށް ޕްލޭއޮފް ކުޅެން ޖެހުނުއިރު، އެޓީމު ޕްލޭއޮފް ސެމީގައި ވާދަކުރީ ނޯތް މެސެޑޯނިއާ އާއެވެ. މި މެޗުން ނޯތް މެސެޑޯނިއާ އަތުން ފަހު ވަގުތު 0-1 އިން ބަލިވެ އިޓަލީ ވަނީ ވޯލްޑްކަޕަށް ކޮލިފައިނު ކަޓާފައެވެ.

އިޓަލީ ވޯލްޑްކަޕަށް ކޮލިފައި ނުވުމުގެ ޒިންމާ އިޓަލީގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ އެޅުވީ ފީފާގެ ބޮލުގައެވެ. ބޮނޫޗީ ބުނީ އިޓަލީ ކޮލިފައި ނުވީ ފީފާގެ ތާކުންތާކު ނުޖެހޭ އާ ފޯމިއުލާގެ ސަބަބުން ކަމަށެވެ.

ބޮނޫޗީ ބުނީ ކޮލިފައިންގައި އިޓަލީ ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައި ކަމަށާއި އެގޮތުން ގުރޫޕްގެ ދެވަނަ ލިބުނުކަމަށެވެ. ގުރޫޕުގެ ދެވަނަ ލިބުނު ޓީމަކަށް ޕްލޭއޮފް ކުޅެން ޖެހޭ ފޯމިއުލާ އަކީ ފެއިލް ވެފައިވާ ފޯމިއުލާއެއް ކަމަށް އޭނާ ބުންޏެވެ. ގުރޫޕުގެ ދެވަނަ ލިބޭ ޓީމަކަށް ޕްލޭއޮފް ނުކުޅެ ވޯލްޑްކަޕަށް ކޮލިފައިވާން ޖެހޭނެ ކަމަށް ވެސް ބޮނޫޗީ ބުންޏެވެ.

“އެހެން ކޮންފެޑެރޭޝަންތަކަށް ބަލާއިރު، 4 ނުވަތަ 5 މެޗުން ބަލިވެފައި ތިބި ގައުމުތައް ވެސް ކޮލިފައިވެފަ އެބަހުރި. ނަމަވެސް އަހަރެމެންނަށް ކޮލިފައިން ގުރޫޕުގެ ދެވަނަ ލިބުމުން ވެސް މި ޖެހުނީ ޕްލޭއޮފް ކުޅެން. މިއީ ވަރަށް ހެއްވާ އުސޫލެއް. މިއީ ފީފާއިން ހަދާފައިވާ މޮޔަ އުސޫލެއް.” ބޮނޫޗީ ބުންޏެވެ.