English Edition
Dhivehi Edition

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް) ގެ 30 މެންބަރަކަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދީފިއެވެ.

މިއީ އެ ޖަމުޢިއްޔާގެ ފަރާތުން ކުރިއަށް ގެންދާ އިޖުތިމާޢީ އެހީގެ ދަށުން ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ފޯރުކޮށްދިން ހަފިޔާއެކެވެ.

މި ތަކެތި ހަދިޔާކޮށްފައިވަނީ މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި މާހެފުމުގެ ހަރަކާތެއްގައެވެ. މި ހަރަކާތުގައި ބީ.ސީ.އެމްގެ ފަރާތުން ކާބޯތަކެތީގެ ޕެކޭޖް މެންބަރުންނަށް ޙަވާލުކޮށްދެއްވީ ޖަމުޢިއްޔާގެ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހީމް މުޙައްމަދެވެ.

ބީ.ސީ.އެމްގެ ހަރަކާތްތެރި މެންބަރުންނަށް ކޮންމެ ރަމަޟާން މަހެއްގައި ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދިނުމާއި އުފަންވާ ކޮންމެ ކުއްޖަކަށް ތަންމަތި ފޮށި ދިނުމަށް ހަމަޖެހިފައިވެއެވެ.

ބީސީއެމްގެ ފަރާތުން މެންހެޓަން ބިޒްނަސް ހޮޓެލްގައި އިންތިޒާމުކުރި މާހެފުން ހަރަކާތް ބާއްވާފައިވަނީ ޢާންމުކޮށް ހުޅުވާލައިގެންނެވެ. މި މާހެފުމުގައި 70 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

ޓެގު