English Edition
Dhivehi Edition

ސޯމާލިއާގެ ވެރިރަށް މޮގަޑިޝޫގައި އާދީއްތަ ދުވަހު ދިން ވަރުގަދަ ބޮމުގެ ހަމަލާގައި 200 މީހުން މަރާލާއިފިއެވެ.

މި ބޮމުގެ ހަމަލާއަކީ 2007 ވަނަ އަހަރު ޓެރަރިސްޓު ޖަމައާތްތަކުން ސޯމާލިއާގައި ހަރަކާތްތެރިވާން ފެށި ފަހުން ދެވުނު އެންމެ ވަރުގަދަ އެއް ހަމަލާއެވެ. މި ހަމަލާގައި 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ 200 މީހުން ވަނީ މަރުވެފައެވެ.

މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހު ސޯމާލީއާގެ ވެރިރަށް މޮގަޑީޝޫގެ އެންމެ ބައި ބޮޑު މެދުގެ ސަރަހައްދެއްގައި 2 ޓްރަކް ގޮއްވައިލައިގެންނެވެ. ދެވަނަ ޓްރަކް ގޮއްވާލާފައިވަނީ ފުރަތަމަ ހަމަލާގެ ދެ ގަޑި އިރު ފަހުންނެވެ.

މި ހަމަލާއާއި ގުޅޭ ގޮތުން ސޯމާލިއާގެ ރައީސް މުހައްމަދު އަބްދުﷲ ފަރުމާޖޯ ވަނީ ހިތާމައިގެ 3 ދުވަސް އިއުލާން ކޮއްފައެވެ. އެނާ ކުރެއްވި ޓްވީޓެެއްގައި ވިދާޅުވެފައިވަނީ “މިިއަދުގެ ހަމަލާއިން ދުޝްމިނުން އަހަރުމެންގެ މީހުންނަށް އަނިޔާވެރި ވުމަށް ކިތަންމެ ދަށަށް ވެސް ވެއްޓި ދާނެ” އެވެ. އެނާ ވަނީ ޓެރަރިޒަމް އާއި ދެކޮޅަށް އެންމެން އެީކީ އެއްބައި ވުމަށް ގޮވާލާފައެވެ.

މޮގަޑިޝޫގެ މޭޔަރު ފަރާތުން ވާހަކަ ދެއްކި އާބްދިފަތަހު އޮމަރު ހެލޭން ވަނީ މަރުވީ މީހުންގެ އަދަދު 200 އަށް ވުރެ މަތީގައިވާ ކަން ފާހަގަ ކޮއްފައެވެ. އެނާ ވިދާޅުވީ އަދި މީގެ އިތުރުންވެސް އާއިލާގެ މީހުން އަދި ވީނުވީއެއް ނޭނގޭ ކަމަށް އެނާ ވިދާޅުވިއެވެ.

މި ހަމަލާގައި ސޯމާލިއާގައި ހަރަކާތްތެރިވާ ރެޑް ކްރޮސްގެ ފަސް ވޮލަންޓިއަރުން މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ޓްވީޓް ކޮއްފައެވެ.

ފުލުހުން އަދި ފުރަތަމަ އެހީދޭ ފަރާތްތަކުން ހަރަކާތްތެރިވެ އާދީއްތަ ދުވަހު ގިނަ އަދަދެއްގެ މީހުންގެ ހަށިގަނޑު ވަނީ ހޯދާފައެވެ. ހޯދާފައިވާ ގިނަ މީހުން ވަނީ ކާކު ކަން ނޭނގޭ ވަރަށް އަނދާފައެވެ.

މި ހަމަލާގެ ޒިންމާ އަދި ވަކި ފަރާތަކުން އުފުލާފައި ނުވެއެވެ. ނަމަވެސް ސޯމާލިއާގެ ވެރި ރަށުގައި ބޮމުގެ ހަމަލާތައް ދިނުމުގައި އަލްގައިދާއަށް ވާގި ވެރިވެރި ވެދޭ އަލްޝަބާބް ހަމަލާތައް ދެއެވެ.

އަލްޝަބާބް ވަނީ 2011 ވަނަ އަހަރު ސޯމާލިއާގެ ވެރިރަށުން ބާލާފައެވެ. އަދި އެ ޖަމާއަތާ ދަނީ އ.ދ ފަހަތުގައި އޮވެ ހަމަލާދެމުން އެމީހުންގެ ބާރު ދަށް ކުރަމުންނެވެ. ފަހަކަށް އައިސް އެ ޖަމާއަތުން ދޭ ބޮމުގެ ހަމަލާތަކުގެ ބާރު ވަނީ ގަދަވެފައެވެ.