ކުރިއަށް އޮތް 3 އަހަރަށް ކަލަރސް އެވޯޑްސް ގެ ޓައިޓަލް ސްޕޮންސަރއަކަށް އެމްޓީސީސީ ހަމަޖައްސައިފިއެވެ.
ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ކަލާރސް އެވޯޑްސް” ގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައި އެކަމުގެ ފަހުމުނާމައިގާ ވަނީ ސޮއެ ކޮށްފައެވެ.
މި ފަހުމުނާމައިގާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް އަހުމަދު ރިޔާޟް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެންޓަރ އާދަމް އާޒިމް އެވެ.
ސްކޫލުތަކުގެ ދަރިވަރުން ކުޅިވަރުގެ ރޮނގުން ހޯދާ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ "ކަލަރސް އެވޯޑްސް"ގެ ޓައިޓަލް ކުރިއަށް އޮތް 3 އަހަރަށް ސްޕޮންސަރ ކުރުމުގެ އެއްބަސްވުމުގައި @MTCCPlc އާއި އެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސޮއިކޮށްފި. pic.twitter.com/nOc2FKQlTS
— Ministry of Education (@MoEdumv) March 25, 2022
މޯލްޑިވްސް ސްކޫލް ސްޕޯރޓްސް އެވޯޑް ނުވަތަ ކަލަރސް އެވޯޑަކީ، ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުން، ދިރާސީ އަހަރުގެ ތެރޭގައި ވާދަކުރާ އެކިއެކި ކުޅިވަރުތަކުން ހޯދާފައިވާ ރަންވަނަތައް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފުކޮށްފައިވާ އެވޯޑެކެވެ.
މި އެވޯޑު ތަޢާރަފްކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.