English Edition
Dhivehi Edition
އައިޖީއެމްއެޗް/ފޮޓޯ ޕީއެސްއެމް

އިންޓަރވެންޝަނަލް ކާޑިއޮލޮޖީގެ މަސައްކަތު ބައްދަލުވުމެއް އައިޖީއެމްއެޗުން ބާއްވަން ނިންމައިފިއެވެ.

“Complex PCI with imaging workshop” ގެ ނަމުގައި މި ބައްދަލުވުން ބާއްވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލްސް ގުޅިގެންނެވެ.

އައިޖީއެމްއެޗުން ބުނީ މި މަސައްކަތު ބައްދަލުވުން އޮންނާނީ މިހިނގާ މާރޗް މަހުގެ 25 ން 27 ގެ ނިޔަލަށް ކަމަށެވެ. އަދި ލައިވް ޓެލެކާސްޓް މެދުވެރިކޮށް ބާއްވާ މި ބައްދަލުވުމުގައި އިންޑިއާ، ނޭޕާލް އަދި ދިވެހިރާއްޖޭގެ ހިތުގެ ޚާއްސަ ޑޮކްޓަރުން ބައިވެރިވާނެ ކަމަށް ވެސް ބުންޏެވެ.

މިމަސައްކަތު ބައްދަލުވުން ކުރިއަށްދާނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

މިމަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްސަަދަކީ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކެލްސިއަމްޖަހާ ހަރުވެފައިހުރި ހިތުގެ ހޮޅިތަށް ހުޅުވުމުގައި ބޭނުންކުރާ އުކުޅުތަކާއި މިހޮޅިތަކުގެ އެތެރެ ސްކޭން ކުރުމަށް ގެންގުޅޭ ފަހުގެ ވަސީލަތްތައް ބޭނުންކުރަން ދަސްކޮށްދިނުމެވެ. މީގެ ސަބަބުން ބަލިމީހުންނަށް ދިގުމުއްދަތަކަށް ފައިދާ ކުރާލެއް ބޮޑުވެގެންދެއެވެ.