ޕޯޓް ފެސިލިޓީ ޑެޒިގްނޭޓެޑް ސެކިއުރިޓީ ޑިއުޓީސްގެ ނަމުގައި ޚާއްސަ ކޯހެއް އެމްޕީއެލް އިން ކުރިއަށް ގެންގޮސްފިއެވެ.
މިއީ މެރިޓައިމް ޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.
ދިވެހި ގައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒްގެ ފަރާތުން ކުޅުދުއްފުށި ކެމްޕަހުގައި ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ކޯހުގައި ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ 11 މުވައްޒަފެއް ވަނީ ބައިވެރިވެފައެވެ.
މި ކޯހުން ޕޯޓުގައި މަސައްކަތް ކުރާ ފަރާތްތަކަށް، ޕޯޓު ފެސިލިޓީ ސެކިއުރިޓީ ޕްލޭނާއި އިންޓަރނޭޝަނަލް ކޮންވެންޝަން ފޯރ ސޭފްޓީ އެޓް ސީގެ މިންގަނޑުތަކާއި އެއްގޮތަށް މަސައްކަތްކުރުމަށް ޚާއްސަ ސެޝަންތަކާއި އައިއެމްއޯ/އައިއެލްއޯ މިންގަނޑަށް އަހުލުވެރިކުރުވަން ހާއްސަ ސެޝަންތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ކުންފުނީގެ ރީޖަނަލް ޕޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީން ކުރުމަށްޓަކައި ޚާއްސަ ޕްރޮގްރާމްތަކެއް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން މިހާރުވެސް މި ކުންފުނިން ދަނީ ކުރަމުންނެވެ.