މުޖުތަމައަށް ފައިދާ ހުރި މަސައްކަތް ކުރާ އަންހެނުންގެ އަގު ވަޒަންކުރަން ސަރުކާރުން ދޭ ރެހެންދި އެވޯޑު ނުވަ ފަރާތަކުން ހާސިލުކޮށްފި އެވެ.
މި އެވޯޑަކީ ރާއްޖޭގެ ގައުމީ ތަރައްގީއާއި ލާބަޔާއި މަންފާ ލިބިދޭފަދަ އަގުހުރި މަސައްކަތްތަށް ކޮށްދީފައިވާ އަންހެނުންގެ އަގު ވަޒަން ކުރުމަށާއި އަދި މުޖުތަމާއަށް ފައިދާހުރި މަސައްކަތް ކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމާއި، އެފަރާތްތަށް ނަމޫނާ އެއްގޮތަށް ނަގައި އެހެން އަންހެނުން ކުރިއަރައިދިއުމަށް ހިތްވަރު ލިބޭ އަންހެނުންގެ މަސައްކަތް ފާހަގަ ކުރަން ދޭ އެވޯޑެކެވެ.
އެވޯޑްތައް ހަވާލުކޮށްދެއްވާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މިއަހަރު ރެހެންދި އެވޯޑް ހާސިލްކުރެއްވި ފަރާތްތަކަކީ:
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރެހެންދި އެވޯޑް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ. މިއަހަރު ރެހެންދި އެވޯޑް ހާސިލްކުރެއްވި ފަރާތްތަކަކީ:
– ނަފީސާ އަލީ / މުނިޔާގެ/ ތ.ވިލުފުށި : ވަކިވަކި ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންގެ ދައުރު
– ޑރ. ފާތިމަތު މުފްލިހާ / ހ.ކަނޑިގެ 2/ ކ.މާލެ : ސިއްހީ ދާއިރާ
– ލެފްޓިނެންޓް ފިރުޝާން ތައުފީގު / މާތޮޑާއަވަށް، ސަންރައިޒް/ ގދ.ފަރެސްމާތޮޑާ : ސިއްހީ ދާއިރާ
– ޢިއްޒަތު އަހުމަދު ނިޒާރު /ސެލްވިން/ ހދ.މަކުނުދޫ : ފަންނުވެރިކަމާއި ޘަގާފަތާއި ތަރިކައިގެ ދާއިރާ
– އާއިޝަތު އިބްރާހީމް / ހ.ކުއްޅަވަށްގަސްދޮށުގެއާގެ /ކ.މާލެ : ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ
– ދިމްނާ ފާކިރު / ގުލްދަސްތާގެ/ ސި.ފޭދޫ : އިޖުތިމާއީ ދާއިރާ
– ޝިމްލާ އަހުމަދު / އާސްޓްރަލްގެ / ސ.ހިތަދޫ: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
– ފާތުމަތު ޖަބީން / މ.ނިވްހިލްމަން / ކ.މާލެ : އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާއިން
– މޯލްޑިވްސް ޕޯޓްސް ލިމިޓެޑް : ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުގެ ދާއިރާ
މި އެވޯޑު ތާރަފްކޮށް އެންމެ ފުރަތަމަ ފަހަރު ބޭއްވީ 2014 ވަނަ އަހަރު އެވެ.