English Edition
Dhivehi Edition

ފާރޓިލައިޒަރ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިއީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން މި މާރޗު މަހުގެ 20 ވަނަ ދުވަހު ކަސްޓަމްސް އިން މި ޝިޕްމަންޓް އިތުރަށް ބަލާފާސްކޮށްފައިވާ ކަމަށެވެ.

މިގޮތުން ބަލާފާސްކުރެވުނު ޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ “އޯގަނިކް ފާރޓިލައިޒަރ” ގެ ގޮތުގައި ކަމަށާއި މި ޝިޕްމަންޓުގައި ހުރި “އޯގަނިކް ފާރޓިލައިޒަރ” ޕެކެޓްތަކުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަހުލީލުކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް (ހަޝިޝް އޮއިލް) އަށް ވަނީ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17 ކިލޯ ހުރި އިރު، މިތަކެތީގެ މަގުމަތީ އަގު 13،600،000.00 (13 މިލިއަން ހަލައްކަ) ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މިމައްސަލައިގައި ކަސްޓަމްސްއިން ހޯދާފައިވާ 17 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކުރުމުން، އެސަރވިސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 4 މީހެއް ވަނީ އެސަރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.