English Edition
Dhivehi Edition

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެކިއެކި ކަންކަން ހާސިލުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ ‘ޝާމިލުއަޑު’ އިފްތިތާޙް ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ މި ސޮފްޓްވެއަރ އާއިއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގިނަ ފުރުޞަތުތަކެއް ފަހިވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެކިއެކި ކަންކަން ހާސިލުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޚާއްޞަކޮށް ސްކޫލްތެރެއާއި ސްކޫލުން ބޭރުގައި ހިންގާ ހަރާކާތްތަކުގައި ވެސް އެކުދިން ޝާމިލުކުރެވޭ ވެށްޓެއް ޤާއިމުކުރުމަށް ކުރާ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ތަޢާރަފުކުރި ދިވެހި ބަހުން ސްކްރީން-ރީޑީންގ ސޮފްޓްވެއަރ އަކީ މިފަދަ ސޮފްޓްވެއަރ އެއް ރަސްމީ ގޮތެއްގައި ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ. މި ސޮފްޓްވެއަރ ތައްޔާރުކުރުމުގެ މަސައްކަތްކޮށްފައިވަނީ ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑާގުޅިގެންނެވެ.

މިއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓް ފޯމް ތަކަކަށް ސަޕޯޓް ކުރާ ސޮފްޓްވެއަރ އެކެވެ.

ދިވެހި ސްކްރީން ރީޑިންގ ސޮފްޓްވެއަރ ޝާމިލުއަޑު، ޑެސްކްޓޮޕް، އެންޑްރޮއިޑް އަދި އައި. އޯ. އެސް ގައި ބޭނުންކުރެވޭނެހެން ވަނީ ތަރައްގީކޮށްފައެވެ.

މިސޮފްޓެވައަރ އަކީ އޮންލައިންކޮށް އަދި އިންޓަރނެޓް ކަނެކްޝަން ނެތިވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސޮޕްޓްވެއަރ އެކެވެ. ޝާމިލުއަޑުގެ ޔޫޒަރ އެކްސެޕްޓެންސް ޓެސްޓްގެ މަރުހަލާ ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލާއި ބްލައިންޑް އެންޑް ވިޜުއަލް އިމްޕަޔަރޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެންނެވެ.