English Edition
Dhivehi Edition
ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ރާއްޖެއަށް އިތުރު އެމްބިއުލާންސްތަކެއް ގެނެސްފިއެވެ.

މިއީ ރާއްޖޭގެ ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން އެ ކުންފުނިން ގެނައި އެމްބިއުލާންސްތަކެކެވެ.

އެ ކުންފުނިން ބުނީ މިއީ މާލެ ގެންނަން ޖެހޭ އެމްބިއުލާންސް ގެ ހަތަރުވަނަ ބެޗު ކަމަށާއި މަސައްކަތް ކުރަނީ ހުރިހާ އެމްބިއުލާންސެއް ވެސް އަވަހަށް، އެމްބިއުލާންސް ބޭނުންޖެހިފައިވާ ރަށްތަކަށް ފޯރުކޮށްދީ، އަތޮޅުތެރޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ.

އެމްބިއުލާންސްގެ ޚިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އެމްބިއުލާންސް ބޭނުންވާ 41 ރަށަކަށް އެމްބިއުލާންސް މިހާރުވަނީ ފޯރުކޮށްދީފައެވެ.