ސީރިއާގައި ތިބި އައިއެސް އަށް ނިސްބަތްވާ ހަނގުރާމަ ވެރިން ރާއްކާ ދޫކޮށް ދިއުމުގެ ފުރުސަތު އެމެރިކާ ވާގިވެރިވެދޭ ހަނގުރާމަވެރި ޖަމާއަތްތަކުން ދީފިއެވެ.
ހޮނިހިރު ދުވަހު ސީރިއަން ޑިމޮކްރެޓިކް ފޯސެސްގެ ތަރުޖަމާނަކު ކަމުގައިވާ ތަލާލް ސީލޯ ވިދާޅުވީ ރާއްކާގައި އައިއެސް ޖަމާއަތް ބަލިވުމާ ގާތްވެފައިވާ އިރު އެމީހުންނާ އެކު އެއްބަސް ވުމަކަށް ދެވިފައިވާ ކަމަށެވެ.
ރާއްކާ ދޫކޮށްދާ ހަނގުރާމަ ވެރިންގެ ތެރޭގައި ސީރިއާ ނޫންގައުމު ތަކަށް ނިސްބަތްވާ ހަނގުރާމަ ވެރިން ދިއުމާ މެދު އޮފިޝަލުންގެ ވާހަކަތައް ތަފާތެެވެ. ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ބިދޭސީ ހަނގުރާމަވެރިން ވެސް މި އެއްބަސް ވުމުގެ ދަށުން ފައިބާނެއެވެ.
މިވާހަކަ ޔަގީން ކޮށްދީ ރާއްކާ ސިވިލް ކައުންސިލްގެ މެމްބަރު އޮމަރު އާލޫޝް ވިދާޅުވީ މިހާރު ވެވިފައިވާ އެއްބަސް ވުމުގައި ބިދޭސީ ހަނގުރާމަވެރިންވެސް ހިމެނޭ ކަމަށެވެ. އެގޮތުން މި ހަނގުރާމަ ވެރިން ފޭބުމަށް ހަމަޖެހިފައިވަނީ އާއްދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށްވެސް އެނާ ވިދާޅުވިއެވެ.
މި ހަނގުރާމަވެރިން ފައިބާއިރު 400 އާނމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ހަނގުރާމަ ވެރިންގެ ރައްކަލަކަށް ކަމަށް އެމީހުން ރަޙިނު ކޮއްގެން ގެންދާ ބައެއް ކަމަށް އެނާ ވިދާޅުވިއެވެ.
ސީރިއާގެ ރާއްކާ އިން އައިއެސް ފޭބުމަކީ އެ ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޮޑު ކުރި އެރުމެކެވެ. އެގޮތުން 2014 ވަނަ އަހަރު ޙިލާފަތެއް އިއުލާން ކުރުމަށް ފަހު ރާއްކާ ހަދާފައިވަނީ އެ ޙިލާފަތުގެ ވެރި ރަށަށެވެ.
އެމެރިކާއިން ވާގިވެރިވެދޭ ކުރުދީ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ އެސްޑީއެފްއިން ބުނެފައިވަނީ ރައްކާއިން އައިއެސް އާއްދީއްތަ ނުވަތަ ހޮނިހިރު ދުވަހު ހިސާބު ނެރެލެވޭނެ ކަމަށެވެ.