ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ.
ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މެލޭޝިއާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
އެމަނިކުފާނު މެލޭޝިއާއަށް ވަޑައިގެންނެވީ ބޭސްފަރުވާއަކަށް ކަމަށާއި އެ ގައުމުގައި އެމަނިކުފާނު ހަފްތާއެއްހާ ދުވަހު މަޑުކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މަޢުމޫނު ރޭ ފުރާވަޑައިގެންނެވިއިރު ދަރިކަލުން ފާރިސް މަޢުމޫނުގެ މައްޗަށް ކުރަމުން ގެންދާ ތަޙުޤީޤަކާއި ގުޅިގެން ޖަލު ބަންދުގައި ބެހެއްޓުމަށްފަހު ދާދި ފަހުން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.