English Edition
Dhivehi Edition

އެސްޓީއޯއިން ހުޅުވާފައިވާ ފިއުލް ޓެސްޓިންގ ލެބޯރަޓަރީގައި ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓްކޮށްފިއެވެ.

ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި ގާއިމު ކޮށްފައިވާ މި ލެބޯރަޓަރީގައި ތެޔޮ ޓެސްޓު ކޮށްފައިވަނީ މިއަދުއެވެ.

ޕްރޮޑަކްޓް ޓެސްޓިންގ ގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތަށް އެސްޓީއޯއިން ހުޅުވި މިލެބޯޓްރީގައި ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ފޮނުވި ޖެޓްފިއުލް ސާމްޕަލެކެވެ.

އެސްޓީއޯއިން މި ލެބް ގާއިމް ކުރުމުގެ ކުރިން، ރާއްޖެ ގެންނަ ތެޔޮ ޓެސްޓް ކުރުމަށް ފޮނުވަމުންދިޔައީ ރާއްޖެއިން ބޭރަށެވެ.

މި ލެބް ގާއިމް ކުރުމާއެކު ޚާއްސަގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓެއް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުންވަނީ ނިމުމަކަށް ގެނެވިފައެވެ.

ކޮލިޓީ ޓެސްޓިންގ ގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ޚަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުންނެވެ.

ޖެޓްފިއުލްގެ އިތުރުން ރާއްޖެ އެތެރެކުރާ ޕެޓްރޯލް އާއި ޑީސަލްގެ ކީ ޕެރަމީޓަރސްތަށް ވެސް މި ލެބޯޓަރީން ޓެސްޓްކުރެވޭނެއެވެ.