English Edition
Dhivehi Edition

ސައިކަލެއް ހޯދުމުގެ ފުރުސަތާއެކު އެސްޓީއޯ އިން ނިޕޯން ޕެއިންޓު ރަމަޟާން ބާޒާރު ފަށައިފިއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން މިއަހަރުގެ ރަމަޟާންް މަހާއި ދިމާކޮށްްކުރިއަށްގެންދާ މި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމްރު މުހައްމަދު ރަޝާދެވެ.

މިއަދުން ފެށިގެން އޭޕްރިލް 30 ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ނިޕޯން ޝޯރޫމް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައެވެ. މި ޕްރޮމޯޝަން ގައި ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މިއީ ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މިޕްރޮމޯޝަން ހިނގަމުންދާ އިރު، ޕެއިންޓް އައިޓަމް ގަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، 1000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ.

ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި، އެ ފަރާތަށް ޝީޝާގެ ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގައި އަދިވެސް އިތުރު އަގު ހުރި އިނާމްތަކެއް ވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މިހާރު ނިޕޯން ޝޯވ ރޫމް ހުންނާނީ އަމީނީ މަގުގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ވެއަރހައުސް އިމާރާތުގައެވެ.