English Edition
Dhivehi Edition
ފޮޓޯ: އިކޯ ވޮޗް

“އޮސްކާސް ފޯ ގްލޯބަލް ޑިވެލޮޕްމެންޓް” ގެ ގޮތުގައި މަޝްހޫރުވެފައިވާ ފަޚުރުވެރި އެމް.އައި.ޕީ.އައި.އެމް އެވޯޑަށް ދިވެހިރާއްޖޭގެ ފްލޯޓިންގް ސިޓީ ޝޯޓްލިސްޓް ވެއްޖެއެވެ.

މި އެވޯޑު މަޝްހޫރުވެފައިވަނީ “އޮސްކާސް ފޯ ގްލޯބަލް ޑިވެލޮޕްމެންޓް” ގެ ގޮތުގައެވެ.

މޯލްޑިވްސް ފްލޯޓިންގ ސިޓީ މި އެވޯޑަށް ޝޯޓްލިސްޓް ވެފައިވަނީ ‘ބެސްޓް ފިއުޗަރ މެގަރ ޕްރޮޖެކްޓް’ ކެޓެގަރީން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 161 ޑިވެލޮޕްމެންޓަލް ޕްރޮޖެކްޓްގެ ތެރެއިންނެވެ.

މި އެވޯޑު ލިބޭ ޕްރޮޖެކްޓް އިޢުލާން ކުރާނީ މި މާރޗު މަހުގެ 17 ގައެވެ.

މޯލްޑިވްސް ފްލޯޓިންގ ސިޓީ އަކީ މާލެއިން ލޯންޗުގައި 15 މިނެޓުން ދެވޭ ފަޅެއްގައި ހެދޭ އީޖާދީ ބޯހިޔާވެހިކަމުގެ ޕްރޮޖެކްޓެކެވެ. އެންމެ ޒަމާންވީ ނެދަލެންޑްސްގެ ފްލޯޓިންގ ޓެކްނޯލޮޖީ އާއެކު ހެދޭ މި ސިޓީގައި 5000 ފްލޯޓިންގ ހައުސިންގ ޔުނިޓް ފަޅުގައި އަތުރާލެވޭނެއެވެ. މި ޔުނިޓްތައް ފަރުމާ ކުރެވިފައިވަނީ ސަލާމަތްތެރިކަމާއި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަށެވެ.

އެމް.އައި.ޕީ.އައި.އެމް ޕްރޮޖެކްޓަށް ޝޯޓްލިސްޓް ވެފައިވާ އަނެއް 3 ޕްރޮޖެކްޓަކީ ބާސެލޯނާގައި ހުންނަ ކުރީގެ މާރސިޑީޒް ފެކްޓަރީއެއް އިކޯ ޑިސްޓްރިކްޓްއަކަށް ބަދަލުކުރާ ޕްރޮޖެކްޓަކާއި، ސިއިމެންސް އިން ބެންގަލޫރުގައި ހަދާ ހެލްތިނިޔަރސް ކެމްޕަސް އަދި ޗައިނާގައި ހަދާ އަލިބާބާ ކުންފުނީގެ އެކަޑެމީއެކެވެ.

މި އެވޯޑުގެ އެންމެ ފަހު ހަރުފަތަށް ވާސިލްވުމާ ގުޅިގެން، މޯލްޑިވްސް ފްލޯޓިންގ ސިޓީގެ ޑިރެކްޓަރ އިބްރާހިމް ރިޔާޒް ވިދާޅުވީ އެމް.އައ.ޕީ.އައި.އެމް. އެވޯޑަކީ ދުނިޔޭގެ ފެންވަރުގައި ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކަށް ދެވޭ އެންމެ ފަޚުރިވެރި އެވޯޑް. މޯލްޑިވްސް ފްލޯޓިންގ ސިޓީ މި އެވޯޑުގެ އެންމެ ފަހުގެ ހަރުފަތަކަށް ދެވުމަކީ މި ޕްރޮޖެކްޓާއި މެދު އިތުބާރު އިތުރުވެ، ބޭނުންކުރެވޭ ޓެކްނޮލޮޖީގެ މޮޅުކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މި އެވޯޑުގެ އެންމެ ފަހު ސްޓޭޖަށް ދެވުނީތީ އުފާކޮށް ފަޚުރުވެރިވާ ކަމަށެވެ.