English Edition
Dhivehi Edition

މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ލިވަޕޫލް ފޯވާޑް މުހައްމަދު ސަލާހު ގަތުމަށް 55 މިލިއަން ޕައުންޑުގެ ބިޑެއް ހުށައެޅުމަށް ސްޕެއިންގެ ބާސެލޯނާއިން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އަންނަ ސީޒަނުގެ ނިޔަލަށް ސަލާހު ލިވާޕޫލާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ލިވަޕޫލްގެ އެއްބަސްވުން އިތުރު މުއްދަތަކަށް އާ ކުރުމަށް ސަލާހު ވަނީ ދެކޮޅުހަދާފައެވެ.

އޭނާ ވަނީ މިހާރު ދޭ މުސާރައަށް ވުރެ ބޮޑު މުސާރައެއް ނުދެނީސް ލިވަޕޫލާއި އެކު އިތުރު އެއްބަސްވުމަކަށް ނުދިއުމަށް ނިންމާފައެވެ.

ސަލާހުއަށް މިހާރު ލިވަޕޫލުން ދޭ މުސާރައަކީ ހަފްތާއަކު 201196.80 ޕައުންޑް އެވެ. މި އަދަދު 335380 ޕައުންޑް އަށް ބޮޑު ކޮށްދިނުމަށް ސަލާހު އެދިފައިވާއިރު، އޭނާ ލިވަޕޫލުގެ އެއްބަސްވުން އިތުރަށް އާ ކުރާނީ މި އަދަދަށް މުސާރަ ބޮޑުކުރުމަށް ލިވަޕޫލުން އެއްބަސްވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

2017 ވަނަ އަހަރު އިޓަލީގެ ރޯމާއިން ލިވަޕޫލާއި ގުޅުނު ސަލާހު ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 238 މެޗުގައި 153 ގޯލު ޖަހައިދީފައެވެ.

ލިވަޕޫލުގައި މޮޅު ކިޅުމެއް ދައްކަމުން އަންނަ ސަލާހު އަކީ ލިވަޕޫލުން ހޯދާ ކާމިޔާބީތަކުގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ.