English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ދެފަހަރު ކިޔަނީ ދޭތި ކަމަށް ބުނެ، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް، މާރިޔާ އަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އދ. މަހިބަދޫގައި ކުރިއަށްގެންދިޔަ “އިންޑިއާ އައުޓް” ހަރަކާތުގައި ވާހަކަ ދައްކަމުން ސަލީމް ވިދާޅުވީ މާރިޔާ ފުރަތަމަ ބުނީ އިންޑިއާ ސިފައިން މިޤައުމުގައި ނެތް ކަމަށެެވެ. ނަމަވެސް ފަހުން ބުނީ އިންޑިއާ ސިފައިން ތިއްބަސް އެމީހުން ބަޑި ނުޖަހާނެކަމަށް ކަމަށެވެ.

މިވަރުގެ ބަޔަކު ޤައުމުގެ ހުންގާނުގައި ތިބުމަކީ ވެސް ޤައުމުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސަލީމް ވަނީ ސިފަކުރައްވާފައެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ތިއްބެވި ހުރިހާ ލީޑަރުންނަށް، އިންޑިއާ ސިފައިން މިގައުމުން ބޭލުމަށް ގޮވާލާ ހިންގާ ހަރަކާތަށް ދައުވަތު ދިން ނަމަވެސް އެދައުވަތު ގަބޫލު ނުކުރިކަމީ އެބޭފުޅުންގެ ހިތުގައި ޤައުމާއިމެދު އެއްވެސް ލޯތްބެއް ނެތްކަން ހާމަވާ ކަމެއްކަމަށް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ޤައުމަށް ތެދުވެރިކަމާއިއެކު މަސައްކަތް ކޮށްދެއްވަމުން ދަނީ ރައީސް ޔާމީން އެކަނި ކަމަށެވެ.