ގއ. ވިލިގިނލި މަގުމަތީގައި ޢާންމުންނަށް އުނދަގޫވާގޮތަށް ހުރި އެއްޗެހި ކައުންސިލުން ނަގަން ފަށައިފިއެވެ.
އެރަށު ކައުންސިލުން ބުނީ އެރަށުގެ މަގުތަކުގައި ޢާންމުންނަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް ދިން މުއްދަތު ހަމަވެފައިވާ ކަމަށާއި މިހާރުނަގަމުން ދަނީ އެ މުއްދަތުގައި ނުނަގާ ހުރި ތަކެތި ކަމަށެވެ.
އެގޮތުން ވިލިނގިލީ ކައުންސިލުން ހުއްދަ ހޯދުމަކާނުލާ ކައުންސިލްގެ ބެލުމުގެދަށުގައިވާ ބިންތަކުގައި އެހެލާފައިވާ އުޅަނދުފަހަރާއި ބަހައްޓާފައިވާ ތަކެއްޗާއި އާންމުންނަން އުނދަގޫވާގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ޕާރކު ކޮށްފައިވާ ވެހިކަލްތައް އަދިވެސް އެބަހުރި ކަމަށް އެރަށު ކައުންސިލުން ބުންޏެވެ. އަދި ޖޯލިފަތިތައް ވެސް ބަހައްޓާފައިވާ ކަމަށާއި އެފަދަ ތަކެތި ނެގުމަށް ދިން މުއްދަތުގައި ނުނަގާ ހުރި ހުރިހައި ތަކެތި ނަގާނެ ކަމަށް ބުންޏެވެ.
“ކައުންސިލްގެ ބެލުމުގެ ދަށަށް މިފަދަ ތަކެތި ގެންދާއިރު ލިބޭއެއްވެސް ގެއްލުމަކަށް މި ކައުންސިލުން ޒިންމާނުވާނެ. އަދި އެއްވެސް ފަރާތެއް އިސްތިސްނާ ނުކޮށް އެ މަސައްކަތް ކުރިއަށް ގެންދާނަން.” ކައުންސިލުން ބުންޏެވެ.