ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕްގައި މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ޒިޔާރަތް ފަންނާއި އެފްސީ ޔަންގް ވަންސެއެވެ.
މިމެޗު ޔަންގްވަންސް އިން ވަނީ 4-2 ލަނޑުން ޒިޔާރަތްފަންނަ ބަލިކޮށް އެމީހުންގެ ފުރަތަމަ ތިން ޕޮއިންޓް ކަމަށަވަރު ކޮށްފައެވެ. ޒިޔާރަތްފަނަގެ ދެލަނޑު ޖެހީ އެޓީމިގެ ޖާޒީ ނަމްބަރ 17ޢަލީ ޝިޔާމެވެ.
ޔަންގްވަންސްގެ ލަނޑުތައް ޖަހައިދީފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 11 ޙުސައިފަތު ރަޝީދު 2 ލަނޑު، ޖާޒީ ނަމްބަރު 9 އިސްމާޢީލް މުނީޒާއި، ޖާޒީ ނަމްބަރ 8 ޢަލީ ޝާމް މިއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔަންގްވަންސަށް ދެ ގޯލު ޖަހައިދިން އެޓީމުގެ ޖާޒީ ނަމްބަރު 11 ހުޒައިފަތު ރަޝީދެވެ.