English Edition
Dhivehi Edition

މިފްކޯއަށް މަސް ކިރުމުން ފައިސާ ނުލިބޭތީ މަހަށް ނުފުރި ދުވަސްކޮޅެއް ވެފައިވާކަމަށާއި މީގެ ސަބަބުން ދަތިތަކާއި ކުރިމަތިވަމުންދާކަމަށް މަސްވެރިން ބުނެފިއެވެ

ބައެއް މަސްވެރިން ބުނީ، ފައިސާ ލިބުމުގައި ދަތިތަކެއް އުޅޭތާ މަހެއްހާ ދުވަސް ވެފައިވާ ކަމަށާއި ފައިސާ ނުލިބޭއިރު މީގެ ކުރިން ތެޔޮ އަޅައިދޭ ކަމަށެވެ. ނަމަވެސް އިއްޔެ މަހަށް ފުރޭވަރަށް މިފްކޯއިން ތެޔޮވެސް ނުދޭ ކަމަށެވެ. އިއްޔެ އަޅައިދިނީ 400ލ ޑީސަލް ކަމަށާއި، އެއީ މަހަށް ފުރޭނެ މިންވަރެއް ނޫންކަމަށްވެސް މަސްވެރިން ވަނީ ބުނެފައެވެ.

މަސްވެރިންގެ ޝަކުވާތަކާއި ގުޅިގެން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ މީޑިއާއަށް ވިދާޅުވެފައިވަނީ “ކޮންމެވެސް ވަރެއްގެ ޑީލޭއެއް ފައިސާ ދިނުމުގައި އެބައުޅޭ.” ކަމަށެވެ. ނަމަވެސް ތަފްސީލް ހާމަކުރައްވާފައެއް ނުވެއެވެ.
ފާއިތުވި ދެތިން ހަފްތާގައި ރާއްޖޭގެ ދެކުނަށް ވަނީ ވަރަށް ބޮޑަށް މަސްވެރިކަން ރަނގަޅުވެފައެވެ. ނަމަވެސް ފައިސާ ނުލިބޭތީ ތެޔޮ ގަންނާނެ ފައިސާ ނެތިގެން މިއަދު ގިނަ އަދަދެއްގެ ދޯނިތައް މަހަށް ނުފުރާ ކަމަށް މައުލޫމާތު ލިބެއެވެ.