English Edition
Dhivehi Edition

ފިއޮރެންޓީނާގެ ޓްރެއިނިން ގްރައުންޑަށް ދާދިފަހުން ކުއްލި ގޮތަކަށް މަރުވެފައިއޮތްވާ ފެނުނު އެޓީމުގެ ކެޕްޓަން ޑޭވިޑޭ އަސްޓޯރީގެ ނަމުން ނަންދޭން ނިންމާފައިވާކަމަށް ފިއޮރެންޓީނާ ކްލަބުގެ ޗެއާމަން މާރިއޯ ކޮގްނިގްނީ ބުނެފިއެވެ.

އުމުރުން 31 އަހަރުގެ އެސްޓޯރީ މަރުވީ މި މަހުގެ 4 ވަނަ ދުވަހު އިޓާލިއަން ލީގުގައި އުދިނޭޒީއާ ދެކޮޅަށް ކުޅުމަށްޓަކައި ފިއޮރެންޓީނާ ޓީމު ކޭމްޕްކޮށްފައިވާ ހޮޓަލުގައި ނިދާފައި އޮއްވައި ހާޓް އެޓޭކް އެއް ޖެހިގެން ކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަސްޓޯރީ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހި ހިތްހުއްޓުމާއި ގުޅިގެންނެވެ. މިކަން އޭނާގެ އާއިލާންއިން ނުވަތު އެއްވެސް ފަރާތަކުން މިހާތަނަށް ކަށަވަރު ކޮށްދީފައިނުވާއިރު އޭނާގެ މަރާ ގުޅިގެން އެގައުމުގެ ފުލުހުން ފެށި ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ

ޓީމާއެކު ހޮޓެލްގައި ހުއްޓާ ކުއްލި ގޮތަށް މަރުވި ޓީމުގެ ސެންޓަރ ބެކްގެ ނަމުން ޓީމުގެ ޓްރެއިނިން ގްރައުންޑުގެ ނަން ބަދަލުކޮށްފައިވާކަން ފިއޮރެންޓީނާއި މިއަދު ހާމަކޮށްފައިވާއިރު ދާދިފަހުން އެޓީމުން ވަނީ އޭނާގެ ޝަރަފުގައި އެޓީމުގެ 13 ނަންބަރު ޖާޒީ ވެސް ރިޓަޔަރ ކޮށްފައެވެ.

މީގެ ކުރިން ސެންޓްރޯ ސްޕޯޓިވޯގެ ނަމުން ނަންދީފައިވާ ޓްރެއިނިން ދަނޑުގެ ނަން ބަދަލުކޮށްފައިވަނީ “ސެންޓްރޯ ސްޕޯޓިވޯ ޑޭވިޑޭ އަސްޓޯރީ” އަށެވެ.

ކްލަބުގެ ޗެއާމަން މާރިއޯ ކޮގްނިގްނީ ވިދާޅުވީ”މިއީ ކުލަބްއަށް އަދި މުޅި ފުޓް ބޯޅަ އާއިލާއަށް ލިބިގެންދިޔަ ހިތާމައެއް ކަމަށާއި ފިއޮރެންޓީނާ އަކީ އެސްޓޯރީގެ ގެ ކަމަށެވެ.

މި މަހުގެ މާޗު މަހުގެ 8 ވަނަ ދުވަހު ބޭއްވި އޭނާގެ ޖަނާޒާ އަށް ފިއޮރެންޓީނާގެ އެތައް ހާސް ސަޕޯޓަރުން އެއްވެ އޭނާ އަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރި އެވެ. ޖަނާޒާގައި އިޓަލީގެ މަޝްހޫރު ކުޅުންތެރިން ވެސް ބައިވެރިވި އެވެ.

އެސްޓޯރީ ކުޅެން ފެށީ އޭސީ މިލާނުގެ ޔޫތު އެކަޑަމީ އިންނެވެ. އެ ކްލަބުގެ ޔޫތު ޓީމަށް 2001-2006 އަށް ކުޅުމަށް ފަހު އޭނާ އޭސީ މިލާންގެ ސީނިއާ ޓީމަށް ކުޅެފައި ވަނީ 2006 އިން 2008 އަށެވެ.

އިޓަލީގެ ފުރަތަަމަ ޑިވިޝަން ކްލަބުތަށް ކަމަށްވާ އޭސީ މިލާނާއި ކަގިލިއޭރީ އަދި ރޯމާއަށްވެސް ކުރިން ކުޅެފައިވާ ޑިފެންޑަރު އެސްޓޯރީ ފިއޮރެންޓީނާއާ ގުޅިފައިވަނީ 2016 ވަނަ އަހަރުގައެވެ. އެޓީމާއެކު މޮޅު ކުޅުމެއް ދައްކަމުންދާ އެސްޓޯރީވަނީ އިޓަލީގެ ގައުމީ ޓީމަށްވެސް 14 މެޗު ކުޅެދީފައެވެ. އެސްޓޯރީވަނީ މި ސީޒަންގައިވެސް ފިއޮރެންޓީނާއަށް 28 މެޗު ކުޅެފައެވެ