English Edition
Dhivehi Edition

މިދިޔަ އާދީއްތަ ދުވަހު ފިއޮރެންޓީނާގެ ކެޕްޓަން ޑެވިޑޭ އެސްޓޯރީގެ މަރުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެސްޓޯރީގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުމުން ހީވަނީ ދަނޑުގައި އޭނާ ހުރިހެން ކަމަށް ވިކްޓާ ހޫގޯ ބުނެފިއެވެ.

 

އެސްޓުރޯއީ މަރުވިފަހުން އިޓަލީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވިކްޓާ ހޫގޯވަނީ ބެނެވެންޓޯ އަތުން އެ ޓީމު މޮޅުވި މެޗުގައި ޖެހި ހަމަ އެކަނި ލަނޑުވެސް ޖަހާފައެވެ.

އެސްޓޯރީގެ ބަދަލުގައި ކުޅުނު ބްރެޒިލް ޑިފެންޑަރު މި މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ޖެހުމަށްފަހު ވަނީ އެސްޓޯރީ އަށް ސެލިއުޓް ކޮށްފައެވެ.

“މިމެޗަށް މުޅި ޓީމް ނިކުތީ އެސްޓްރޯއީ އަށް ޓަކާ.އަހަރެން މި ލަނޑު ހާއްސަ ކޮށްލާނީ އޭނާ އަށާއި އާއިލާއަށް.ދުވަހަކުވެސް އެސްޓްރޯއީގެ ހަނދާން ނުނެތޭނެކަމަށް ރޮމުން އިންޓަވިއު ދެމުން”ވިކްޓަ ހޫގޯ ބުންޏެވެ.

މިޗު ފިއޮރެންޓީނާ ކުޅުންތެރިން ރޮމުން ކަރުނާގައި ކުޅުނު އިރު ފަހު ކަށިގަނޑާ އެކު ގިނަ ކުޅުންތެރިން ވަނީ ހިފަހައްޓާނުލެވި ދަނޑު މައްޗަށް ވެއްޓިފަ އެވެ.

މެޗު ފެށުމުގެ ކުރިން ފުރަތަމަ އެގާރަ އިއުލާންކުރިއިރު އެސްޓޯރީގެ ނަން ޓީމް ކެޕްޓަންގެ ގޮތުގައި އިއުލާން ކޮށްފައިވާއިރު ސަޕޯޓަރުން ވަނީ އެސްޓޯރީގެ ހަނދާނުގައި ފުއްޕާހަންތަކެއްގައި އެކި މެސެޖް ލިއުމަށް ފަހު ދޫކޮށްލުމުގެ އިތުރުން އެސްޓޯރީ އަށް ހާއްސަ މެސެޖްތައް ލިޔެފައިވާ ބެނާތައް ވެސް ދަމާފައެވެ.އަދި ސަޕޯޓަރުން ވަނީ އޭނާ އަށް ހާއްސަ ކޮރިއޯގްރަފީއެއް ދަނޑުގައި ދައްކާލައިފަ އެވެ.

އިޓަލީ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އެސްޓޯރީ މިދިޔަ އާދީއްތަ ދުވަހު މަރުވީ އެ ދުވަހު އިޓާލިއަން ލީގުގައި އާދީއްތަ ދުވަހު އުދިނޭޒީއާ ދެކޮޅަށް ކުޅުމަށްޓަކައި ފިއޮރެންޓީނާ ޓީމު ކޭމްޕްކޮށްފައިވާ ހޮޓަލުގައި ނިދާފައި އޮއްވަ އެވެ.އެހެން ކަމުން ފިއޮރެންޓީނާއިން ވަނީ އޭނާގެ ޝަރަފުގައި އެ ކްލަބުން ވަނީ 13 ނަމްބަރު ދެން އެއްވެސް ކުޅުންތެރިޔަކަށް ނުދިނުމުގެ އިތުރުން އޭނާގެ މުސާރަ މުޅި އުމުރަށް އޭނާގެ ދަރިފުޅަށާއި އަންހެނުންނަށް ދޭން ނިންމާފައެވެ.