English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް

ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އިން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ބީއެމްއެލް އިން އެ ޖަމިއްޔާއަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

އެ އެހީއާއެކު މިއަހަރު ތެރޭގައި 100 އަށް ވުރެ ގިނަ ފަރާތްތަަކަށް ގާގޫނީ އެހީ ހިލޭ ފޯރުކޮށްދިނުމާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިޔަށްގެންދާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ކުޑަ ހަފްލާއެއްގައި އެޖަމިއްޔާއާ މި އެހީ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރއެވެ. އެ ޖަމިއްޔާގެ ފަރާތުން ހަވާލުވެވަޑައިގަތީ ކޯ ޗެއަރޕާސަން ޝަފީޢާ ރިޟާ އެވެ.

އެފްއެލްސީ އިން ކުރިޔަށްގެންދާ އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް 2019 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ދަނީ އެހީތެރިވުމުންނެވެ.