English Edition
Dhivehi Edition

މުވައްޒަފުންގެ އެދުމާއި އެއްގޮތަށް ފޮރިން މިނިސްޓްރީގައި ފެމިލީ ރޫމެއް ގާއިމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި “ފެމިލީ ރޫމް” އެއް ޤާއިމްކޮށް، އެތަން ހުޅުވާފައިވަނީ މިއަދުއެވެ.

“ފެމިލީ ރޫމް” ހުޅުއްވައިދެއްވާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވީ މިނިސްޓްރީގައި ފެމިލީ ރޫމެއް ޤާއިމްކުރުމަށް އެމަނިކުފާނު ނިންމެވީ މިނިސްޓްރީގެ މުވައްޒަފުން އެކަމަށް އެދުމުން ކަމަށެވެ.

މި ރޫމުގެ ސަބަބުން މުވައްޒަފުން މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާއިރު، ކުދިންނަށް ވަގުތު ދިނުމުގައި މިނިސްޓްރީގެ މުވައްޒަފުންނަށް ދިމާވާ އުނދަގޫތައް ވީހާވެސް ކުޑަކުރެވި، ކުދިންނަށް އިތުރު ވަގުތު ދިނުމަށް ފަސޭހަ ވެގެންދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީގައި ރަސްމީ ގަޑީގެ އިތުރުން ވެސް މަސައްކަތްކުރަން ޖެހޭ ވަގުތުތަކުގައި ކުދިން ގޮވައިގެން އައިސް މަސައްކަތްކުރަން، މި ފެމިލީ ރޫމްގެ ސަބަބުން އިތުރަށް ފަސޭހަ ވެގެންދާނެކަމަށް މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ.