English Edition
Dhivehi Edition
ފޮޓޯ: މިހާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަގާމަށް އަޙްމަދު ފާތިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އަޙްމަދު ފާތިޙް ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގައި ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ކެމިސްޓްރީ ފުރިހަމަކުރައްވާފައެވެ.

މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަޙްމަދު ފާތިޙް ވަނީ އެއަރޕޯޓުގެ އިމިގްރޭޝަން އޮފިސަރެއްގެ މަގާމު ފުރުއްވާފައެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 35،500 ރުފިޔާ ލިބޭނެއެވެ. އެއީ 20،500 ރުފިޔާގެ މުސާރަ އާއި 15،000 ރުފިޔާގެ އެލަވަންސެކެވެ.