ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުގައި ވަދު، ކަނދުފަތި އަޅައި ނިމިއްޖެ އެވެ.
މިޕްރޮގްރާމް ރަސްމީކޮށް ފަށައި، އެންމެ ފުރަތަމަ ވަދު، ކަނދުފަތި އަޅާފައިވަނީ ގއ، ޏ އަދި ސ އަތޮޅުގަ އެވެ.
މިއީ 2021 ވަނަ އަހަރު މިފަދަ މަސްވެރިކަމަށް ޚާއްސަކޮށްގެން ފަރުމާކޮށް، ގާއިމްކޮށްފައިވާ ކަނދުފަތީގެ ޑިޒައިނަށް ބައެއް ބަދަލު ގެނެސްގެން ގާއިމްކުރާ ކަނދުފަތިތަކެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިއީ މަސްވެރިކަންކުރުމަށް އަންނަ ފަތުރުވެރިންނަށް އައު ފުރުސަތުތަކެއް ހޯދައިދިނުމަށާއި މި މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދައިދިނުމަށް އައު ދޮރެއް ހުޅުވައިދޭނެކަމެއްކަމަށެވެ.
އެ މިނިސްޓްރީގެ ޓީމުން މި މާރޗު މަހުގެ1 ވަނަ ދުވަހުން ފެށިގެން 123 ވަނަ ދުވަހުގެ ނިޔަލަށް މިމަސައްކަތުގައި ހަރަކާކްތެރިވާއިރު، މި މަސައްކަތުގައި 4 ވަދު ކަނދުފައްޗާއި ދޮށީގެ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކު މި ކަނދުފަތިތައް ފަރުމާކޮށްފައިވާއިރު، ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް “ރީނދޫ” ކުލައިގަ އެވެ.
މިއީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ގާއިމްކުރާ ވަދު ނަނުގެ އަދި ސްޕޯޓްސް ފިޝިންގ އަށް ޚާއްސަ ކަނދުފަތިތަކެކެވެ.