English Edition
Dhivehi Edition
ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އެޖެންޓުންގެ ގޮތުގައި ކަނޑައެޅި ފަރާތްތައް ތަޢާރަފްކޮށް ލިޔުން ޙަވާލުކޮށްފިއެވެ.

މިއީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރމާޓާއި ހޯމް އިމްޕްރޫވްމަންޓް ފިހާރައިގައި ވިއްކާ އިލެކްޓްރޯނިކްސްގެ ބާވަތްތައް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް އެ ފިހާރަތަކުގެ އޭޖެންޓުންގެ ގޮތުގައި ކަނޑައެޅި ފަރާތްތަކެކެވެ.

އޭޖެންޓުންގެ ގޮތުގައި ރެޖިސްޓްރީ ވި 155 އޭޖެންޓުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ހަފުލާގައި އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝިފާނެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވީ މީގެ ކުރިން ވެސް އެ ކުންފުނިން ކާޑުގެ ވިޔަފާރިގަޔާއި ކޮންސްޓްރަކްޝަން ވިޔަފާރީގައި ވެސް އޭޖެންޓުންގެ ބޭނުން ހިފާފައިވާ ކަމަށާއި އޭގެ ސަބަބުން އެ ވިޔަފާރިތަކަށް އިތުރު ފަސޭހަތަކެއް ލިބުނު ކަމަށެވެ.

އޭޖެންޓުންގެ ފަރާތުން ވާހަކަދައްކަމުން ދ. ކުޑަހުވަދޫ ބަންކާ ފިހާރައިގެ ވެރިޔާ ޙުސައިން ޙަމްދީ ބުނީ އެސްޓީއޯގެ ވިޔަފާރި ރައްޔިތުންނާއި އިތުރަށް ކައިރިވުމަކީ އެތައް ފަސޭހައެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ވެސް ފަސޭހަ މަގުތަކެއް ފަހިވާނެކަމަށް އުންމީދުކުރާ ކަމަށެވެ.

މިހާރު ވެސް އެސްޓީއޯގެ ކާޑު އޭޖެންޓުންގެ ގޮތުގައި 256 ފަރާތެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކޮންސްޓްރަކްޝަން އޭޖެންޓުންގެ ގޮތުގައި 56 ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވެއެވެ.