ގދ. ތިނަދޫގެ ގާޑިޔާ ވިޔަފާރިތަކަށް ޚާއްސަ ލޯކަލް މާރުކޭޓެއް ގާއިމްކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
އެރަށު ކައުންސިލުން ބުނީ ލޯކަލް މާރުކޭޓު އަޅަން ކަނޑައަޅާފައިވަނީ ހަތާ ފިއުލްސް ޝެޑުގެ ހުޅަނގަށް އޮންނަ ބިމުގައި ކަމަށެވެ. އަދި އެތަނުގައި އަޅާ މާރުކޭޓުގެ ކުރެހުންތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފައްޓާފައިވާ ކަމަށެވެ.
ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކުރާ މި މަސައްކަތާއިގުޅޭގޮތުން ތިނަދޫ ކައުންސިލުން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ރަމަޟާން މަހަށް ފަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން އެރަށު ކައުން ބުނެފައިވަނީ ތިނަދޫއަށް މުދާ ބާލާ ބަނދަރު ސަަރަހައްދަކީ ރަށާއި ރަށުން ބޭރުން އަންނަ ފަރާތްތަކަށް ހިތްހަމަޖެހުމާއެކު މަޑުކޮށްލައިގެން ތިބެވޭނެ ތަނަކަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.