English Edition
Dhivehi Edition

އައްޑޫ ސިޓީގައި މިރޭ ދެވަނަ އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުވެ އައްޑޫ އާރްއޭއެފް ސަރަހައްދުގައި ހަދަމުން އަންނަ ޕޮލިސް ޓްރެއިނިންގ ސްކޫލުގައި ފާރުގައި ޖެހިގެންނެވެ

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު މިހައިތަނަށް ލިބިފައިނުވިޔަސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އައްޑޫ ސިޓީގައި މިރޭ ވަނީ އިތުރު އެކްސިޑެންޓެއް ވެސް ހިނގާފައެވެ. އެއީ ހިތަދޫ ލިންކް ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިގެން ހިނގި އެކްސިޑެންޓެކެވެ.

މި އެކްސިޑެންޓުގައި ކާރުގައި ފަސް މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.