English Edition
Dhivehi Edition

އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ (އިންތި) ކެމްޕެއިން ދަތުރެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ އިންތި އާއި ކެމްޕެއިން ޓީމު އެ ސިޓީއަށް ވަޑައިގަތުމުން ސަޕޯޓަރުން ވަނީ ބޮޑު ތަރުހީބަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

އައްޑޫ ސިޓީގެ ރަށްތަކަކަކީ އެމްޑީޕީ އަށް ތާއީދު ބޮޑު ތަރުހީބެއް އޮންނަ ރަށްތަކަކަށް ވާއިރު، ގިނަ އަދަދެއްގެ އާންމުން ވަނީ ގަން އިންޓަރނޭޝަނަލް އެއަޕޯޓުން އެ ޓީމަށް މަރުހަބާ ކިޔާފައެވެ.

އިންތިގެ ކެމްޕެއިން ދަތުރުގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްްމަދު ވަހީދު އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަދި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުގައި ދޮރުން ދޮރަށް ހިނގައި، އެ ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޢާންމު ރައްޔިތުންގެ ހާޅު ބަަލައި، އެ ފަރާތްތަކުގެ އިހުސާސްތައް ވެސް ދެނެގަތުމަށް ނިންމާފައިވެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމުގެ އިންތިޚާބު ފޯރިގަދަވެ، ޕާޓީގެ ތެރޭގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، މި އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.

1 ކޮމެންޓް
ހަސަނުގ
މާޗް 3, 2022
ކެކެ. ކޮންމެ ގޮތަކަށް އައްޑޫ މީހުނަށް އޯކޭވާނެ. ގުބޯހައްދާފަ މިހުރިހާ ދުވަހެއްގަ. ދެންވެސް ވާނީ އެހެން. ސަޕޯޓް ކޮއްފަ ބަހައްޓާ.