English Edition
Dhivehi Edition

ރާއްޖޭގެ އެންމެ ފުޅާދާއިރާއަކަށް ޑިޖިޓަލް ޓީވީ ފޯރުކުށްދެމުންދާ ދިރާގު ޓީވީ އަށް ގުޅާލުމަށް ރަނުގެ ފުރުސަތެއް އެ ކުންފުނިން ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ މިހާރު ކުރައިށްދާ ޕޮރޮމޯޝަންގެދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް 31 މާރިޗު 2022 ގެ ކުރިން ދިރާގު ޓީވީގެ ޚިދުމަތައް އެދިލައްވައިގެން މުޅިން ހިލޭ ގުޅައިދިނުމާއި ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ބޭސިކް އަދި ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުންނަށް އެއްމަސްދުވަހަށް ތަފާތުގިނަ ޗެނަލްތައް މުޅުން ހިލޭ ބަލާލުމުގެ ފުރުސަތު ލިބޭއިރު، ގިނަދުވަސްތަކެއްގެ އިންތިޒާރަށްފަހު ދިރާގުޓީވީ ކަސްޓަމަރުންނަށް މިހާރު ޕްރިމިއަރ ލީގްގެ މެޗުތައް ވެސް ނިއޯޓިވީ (ޗެނަލް 6) މެދުވެރިކޮށް އެޗްޑީ ކޮލިޓީ އަދި އެންމެ ހެޔޮއަގުގައި ބަލާލެވޭނެއެވެ.

އެންމެ މަގުބޫލު ޓީވީ ޗެނަލްތައް އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ. 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް، ސްޕޯރޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް ހިމެނެއެވެ. އަދި ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ޚަބަރު ޗެނަލްތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ވެސް ހިމަނާފައިވާ އިރު، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %82 ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ފޯރުކޮށްދީފައެވެ.

ދިރާގުޓީވީން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.