English Edition
Dhivehi Edition

ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ތިމާވެއްޓާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހ. ސަންދަލީގެ، ޙަސަން މުޣުނީ ޢައްޔަނު ކުރެއްވީ މިއަދުއެވެ.

ޙަސަން މުޣުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާޞިލްކުރައްވާ، އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމުން މުޣުނީ ވަކިކޮށްފައި ވަނީ އިއްޔެއެވެ. އަދި އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފު މިހާރުވަނީ އައްޔަންކޮށްފައެވެ.