English Edition
Dhivehi Edition

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ނިންމައިފިއެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

މަޚްލޫފްގެ މައްޗަށް އުފުލި ރިޝްވަތުގެ ދަޢުވާ ބޭރުކޮށްލީ ދައުލަތުން މި މައްސަލައިގެ ހުރި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގާ މަޚްލޫފުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅަފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24ގައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ވަޒީރުކަމުގައި ހުންނަވަނިކޮށް ދައުވާ އުފުލި ފުރަތަމަ މައްސަލައެވެ.