English Edition
Dhivehi Edition

އަންނަ އެޕްރީލް މަހުގެ ބާއްވާ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސް މަގާމުތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ އިންތިހާބު އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު. މި އިންތިހާބުގެ ފޯރިވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އިންތިއަކީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު ދެން މި އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނުގެ ބޭފުޅެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ،އެހެންކަމުން ޕާޓީގެ ދެ ފެކްޝަންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ބޮންޑޭ ވަނީ ފައްޔާޒުގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފާޑުވިދާޅުވެފައެވެ. އެއްވެސް މެމްބަރެއްގެ ނަން ވިދާޅުނުވެ، ބޮންޑޭ ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ފޮޓޯ ޖައްސަވައިގެން، މަޖިލީހަށް އިންތިޚާބުވެފައިވާ ގިނަ މެންބަރުން އިންސާފު ހޯއްދަވަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ހަކުރު ގަނޑެއް ފަހަތުން މެހި ދުވާ ގޮތަށް އުޅެމުން ދާ ކަމަށްވިދާޅުވެފައެވެ.

ބޮންޑޭ އިޝާރާތް ކުރައްވަމުން ގެންދަވާ ހަކުރު ގަނޑަކީ މިނިސްޓަރު ފައްޔާޒުތޯ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވަނީ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުު ދެއްވަމުން އެއީ ވަކި ފައްޔާޒުގެ ވާހަކައެއް ނޫންކަމަށް ވިދާޅުވެ ބޮންޑޭ ވަނީ އެމްޑީޕީގެ މެންބަރުންގެ ކުރިމަތީގައި އޮތީ ދެ ގޮތް ކަމަށާއި އެއީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ހަކުރުގަނޑު ކަމަށް ވިދާޅުވެފައެވެ.

އަބަދުވެސް ފޯރިއާއި އެކު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީ ތެރޭގައި އަނެއްކާވެސް އިތުރު ހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. މި ގޮތުން އިންތިއަކީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު ދެން މި އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނުގެ ބޭފުޅެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ،އެހެންކަމުން ޕާޓީގެ ދެ ފެކްޝަންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ.