English Edition
Dhivehi Edition

ބޭނުންވާ ތަކެތި: ބައިކިލޯ އަލުވި 1 ދަޅު މަސް 2 ލުނބޯ 3 ފިޔާ 2 ގިތެޔޮމިރުސް 1 މޭޒުމަތީ ސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް 2 ހިކަދިފަތް 2 ބިސް 2 މޭޒުމަތީ ސަމްސާ ތެޔޮ ކުޑަ އަޖިނަމޮޓޯކޮޅެއް ރަހަލާވަރަށް ލޮނުކޮޅެއް   ތައްޔާރުކުރާނެ ގޮތް: އަލުވި ގާނާލާށެވެ. އެއަށްފަހު ތެޔޮފޮދު ހޫނުކޮށްލާފައި އަލުވިކޮޅު މީރުކޮށްލާށެވެ. ދެން މަސް، ފިޔާ، މިރުސް، އިނގުރު، ހިކަނދިފަތް އަދި އަޖުނަމޮޓޯ އާއި ލޮނުކޮޅު އެއްކޮށްގެން ރަނގަޅަށް މޮޑެލާށެވެ. އޭގެ ތެރެއަށް އަލުވި އެއްކުރުމަށްފަހުވެސް މޮޑެލާށެވެ. އޭގެ ފަހުން ބިސް އެއްކޮށްލާށެވެ. ރަނގަޅަށް މޮޑެލާފައި ޓްރޭއެއްގައި ތެޔޮފޮދެއް ހާކާލުމަށްފަހު އެއްކުރި ތަކެތި ބޯކިބަލަކަށް ވާގޮތަށް އަޅައިގެން ފިހެލާށެވެ.

  • ހާޝިމްގެ ސުފްރާއިން ނަގާފައި