English Edition
Dhivehi Edition

އިދިކޮޅު ކޯލިޝަނުން، ގއ.ވިލިގިނލީގައި ކުރިއަށް ގެންދާ ‘އިންޑިއާ އައުޓް’ ހަރަކާތުގައި ކުރީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެ ވަޑައިގަންނަވާން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ގއ.ވިލިގިނލީގައި އިންޑިއާ އައްޓް ގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިހާރު އެ ޕާޓީގެ ލީޑާރޝިޕްގައި ހިމެނި ވަޑައިގަންނަވާ ބައެއް މެމްބަރުންވެސް ވަނީ އެ ރަށަށް ވަޑައިގަންނަވާއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ވިލިގިނލީގައި ހިނގާލުމެއް ބާއްވަން ނިންމާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުން މި އިވެންޓްގައި ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ،

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ފަށާފައިވާ ކެމްޕެއިން އިތުރަށް ވަރުގަދަކޮށްފައިވާއިރު މި ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް އަންނަނީ ހިންގަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތްތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެކަން ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހަޅުއްވާފައެވެ.