English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް ލައިފް

ފަތުރުވެރިންތަކެއްގެ އަތުން އޮޅުވާލައިގެން އަތުލި ފައިސާތަކެއް ފުލުހުން ހޯދައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ފެބްރުއަރީ 6 ވަނަ ދުވަހު ރާއްޖެއައި ފަތުރުވެރިން ތަކެއް ސަފާރީއަަކަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ މީހުންގެ އަތުން ފައިސާތަކެއް އަތުލާފައިވާކަމަށެވެ. އަދި މި މައްސަލަ ހުށަހަޅާފައިވަނީ ފެބްރުއަރީ 12 ވަނަ ދުވަހު އދ. ދަނގެތީ ޕޮލިސް ސްޓޭޝަނަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ ފައިސާތައް ހޯދުމަށް ދަނގެތީ ޕޮލިސް ސްޓޭޝަނާއި ކ. ގުޅީ ޕޮލިސް ޑެސްކު ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ފައިސާތައް ހޯދާފައިވަނީ މި މަހު 19 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި ފައިސާތައް ހޯދާފައިވަނީ ފަތުރުވެރިން ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނި މީހާގެ އެކައުންޓަށް ޓްރާންސްފަރކޮށްފައިވަނިކޮށްކަމަށެވެ. އެގޮތުން، 1050 ޔޫއެސް ޑޮލަރު ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާއިރު މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ދަނގެތީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޓެގު