English Edition
Dhivehi Edition

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމްޔޫއެމް) ގެ ނައިބު ރައީސް ގެ މަގާމަށާއި ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރުގެ މަގާމަށް ދެ މެންބަރަކު އިންތިޚާބު ކޮށްފިއެވެ.

މި މެމްބަރުން އިންތިޚާބުކޮށްފައިވަނީ މި މަހު 16 ވަނަދުވަހު ބޭއްވި އެ ޖަމިއްޔާގެ ތިންވަނަ އަހަރީ އާންމު ޖަލްސާގައެވެ.

ޔޫނިއަންގެ ނައިބު ރައީސް ކަމަށް އިންތިޚާބު ކޮށްފައިވަނީ ފަންނުވެރިންގެ ޖަމާއަތުގައި ޅަ އުމުރުން ފެށިގެން މިއަދާހަމައަށްވެސް ހަރަކާތްތެރިވަމުން އަންނަ، “އަ ކޯޑް އެން އަ ޑްރީމް” އަދި “އޮސެލޭޓް” ބޭންޑްގެ ގެ ކޯ-ފައުންޑަރ އަދި ބޭސް ގިޓަރިސްޓް މޫސާ އަޠުފާލު (ބެލް)އެވެ. ނިއަންގެ ހިންގާ ކޮމިޓީގެ ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ ގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ ކޮމިއުނިކޭޝަންސް އެންޑް މީޑިއާގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ، އަދި މީގެ ކުރިން ޔޫނިއަންގެ ސްޕޯކްސްޕަރސަންގެ މަގާމު އަދާކޮށްފައިވާ އައިމިނަތު ޝުއާ ޝުޖާއު (އައިނާ)އެވެ.

މި ޖަލްސާގައި ޔޫނިއަންގެ ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓާއި، މިހާތަނަށް ހާސިލް ކުރެވިފައިވާ ކަންތައްތަކާއި، މިވަގުތު ޔޫނިއަންއިން ހިންގަމުންދާ އަދި ކުރިޔަށް ރާވަފައިވާ ޕްރޮގުރާމުތަކާއި އަދި އިވެންޓުތަކުގެ މައުލޫމާތު ޔޫނިއަންގެ ރައީސް އަޙުމަދު ޝިހާމް ވަނީ މެންބަރުންނާއި ހިއްސާ ކޮށްފައެވެ. އަދި ޔޫނިއަންގެ ޚަޒާންދާރު އަޙްމަދު އައިމަން ލަތީފް ވަނީ ފާއިތުވީ އަހަރުގެ މާލީ ބަޔާން މެންބަރުންނަށް ހުށަހަޅާދީފައެވެ.

މި ޖަލްސާގެ ބާކީއޮތް ބައިގައި ހާޒިރުވެ ތިއްބެވި މެންބަރުންނަށް ބޭނުންކަމަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމައް ފުރުސަތު ދިނުމަށްޓަކައި ޖަލްސާގެ ފެންޑާ ހުޅުވައިލައި އެއަށްފަހު މަގާމުތަކަށް އަލަށް އިންތިހާބުވި މެންބަރުންނާއި ޔޫނިއަންގެ ރައީސް އަޙަމަދު ޝިހާމް ވަނީ ނިންމާލުމުގެ ގޮތުން ޔޫނިއަންގެ މެންބަރުންނާއި ބަސްކޮޅެއް ހިއްސާކޮށްފައެވެ.

ޔޫނިއަންގެ ހިންގާ ކޮމިޓީގެ ކުރީގެ މެންބަރުން – މިފްރާޙް ޢަބްދުލްމުހައިމިން (އިވެންޓް ކޯޑިނޭޓަރ) އަދި ފާޠިމަތު އަފާނީން ނާފިލް (އެސޯސިއޭޓް އޮފިސަރ) ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ޔޫނިއަންއަށް މިހާރުވެސް ވަމުންދާ އެހީއަށް ޔޫނިއަންގެ ނަމުގައި ޝުކުރުއަދާ ކުރަމެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ 3 (ތިނެއް) ވަނަ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ 16 ފެބުރުވަރީ 2022 ގައި ޒޫމް އެޕްލިކޭޝަން މެދުވެރިކޮށެވެ.