English Edition
Dhivehi Edition

މޫލީ މެދުވެރިކޮށް ވިޔަފާރިކޮށްގެން ޚާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގައި އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ ޔޫސީ ފަދަ ތަކެތި އިނާމަށް ލިބުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އިނާމް ލިބޭނީ މޫލީން އީ2އެސް ޕްރޮޑަކްޓުތައް ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ މީހަކަށް ކަމަށް ވެސް ބުނެއެވެ.

އެ ކުންފުނިން ބުނީ އެއް ވަނައަށް 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑެއް ލިބޭނެ ކަމަށާއި ދެވަނައަށް 3850 ޕަބްޖީ ޔޫސީ އެއް ލިބެނެކަމަށެވެ.

މޫލީގެ އީ2އެސް ޕްރޮޑަކްޓުތަކުގެ ތެރޭގައި ޑިޖިޓަލް ކާޑުތައް ހިމެނޭ އިރު، އެއީ ނެޓްފްލިކްސް އާއި އެޕަލް އާއި ޕްލޭސްޓޭޝަނާއި މައިކްރޮސޮފްޓް ފަދަ ބޮޑެތި ކުންފުނިތަކުގެ ގިފްޓް ކާޑުތަކެވެ. އަދި ތަފާތު ގޭމުތަކުގެ ފައިސާ ވެސް އީ2އެސް ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެއެވެ. ޕަބްޖީ ޔޫސީ އަކީ ޕަބްޖީ ކުޅޭ އިރު ބޭނުންވާ ގޭމިންގ ފައިސާއެވެ.

މި މަހުގެ 28ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް މޫލީގެ ކަސްޓަމަރެއް ނަމަ ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.