English Edition
Dhivehi Edition
ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން 2021 ވަނަ އަހަރު އެންމެ ރަނގަޅު ވިޔަފާރި ކޮށްފައިވާ އެޖެންޓުންގެ އަގު ވަޒަންކޮށްފިއެވެ.

މިއަދު ބޭއްވި ހަފްލާގައި 2021 ވަނަ އަހަރުގެ އެންމެ ރަނގަޅު 5 އެޖެންޓުން ހޮވައި، އެފަރާތްތަކަށް އިނާމެއްގެ ގޮތުގައި 5000 ރުފިޔާގެ ގިފްޓް ވައުޗަރއެއް ވަނީ ހަވާލުކޮށްފައެވެ. މި ގިފްޓް ވައުޗަރތައް ހަވާލުކޮށްދެއްވީ އެސްޓީއޯ އެނަރޖީ އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމާންއެވެ.

2021 ވަނަ އަހަރުގެ ޖޫން މަހު އެސްޓީއޯއިން ތައާރަފުކުރި “ކޮންސްޓްރަކްޝަން އެޖެންޓު” ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް އެންމެ ހެޔޮ އަގުގައި ކޮންސްޓްރަކްޝަން ސާމާނު ފަސޭހައިން ލިބޭނެ ގޮތް މަގު ފަހިވެ، އަތޮޅު ތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމެވެ.

ކާމިޔާބު ކަމާއެކު މިހާރު ކުރިއަށްދާ މިވިޔަފާރީގައި 17 އަތޮޅެއްގައި 58 ކޮންސްޓްރަކްޝަން އެޖެންޓު ހަރަކާތްތެރިވެއެވެ.