ދެވަނަ ދައުރަކަށް ރައީސް ޔާމީނު އިންތިޚާބުކޮށްދެއްވައިފިނަމަ ފުވައްމުލަކު ސިޓީގައި އިސްލާމީ މަރުކަޒެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ކެމްޕޭން އޮފީހެއް ހުޅުއްވައި ދެއްވުމުގެ ގޮތުން ރޭ ފުވައްމުކު މެދު ދާއިރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ “ކީރިތި ޤުރުއާން ހިތުދަސް ކުރުމާއީ ޤުރުއާނުގެ ޢލްމު ފެތުރުމުގެ މައިހަބަކަށް މިތަން (ފުވައްމުލަކު ސިޓީ) ވެގެންދާނެ” ކަމަށެވެ
ޝަހީމް އިތުރަށް ވިދާޅުވީ ފުވައްމުލަކަކީ ޢިލްމުވެރިންނާއި، ހާފިޒުންނާއި، އިމާމުންނާއި އިސްލާމީ ލިޔުންތެރިންގެ ސިޓީއެއް ކަށްވާތީ ފުވައްމުލަކުގައި އަރަބި އިސްލާމީ ތައުލީމާއި ޤުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަޤްސަދުގައި އިސްލާމީ މަރުކަޒެއް އަޅުއްވައި ދެއްވުމަށް ރައީސް ޔާމީން ނިންމެވީކަމުގައެވެ
އިސްލާމީ ތަފާތު ފޯރަމްތަކާއި ޖަލްސާތައް ވެސް ބޭއްވޭ ގޮތަށް ގާއިމް ކުރުމަށް ނިންމަވާފައިވާ ފުވައްމުލަކުގެ އިސްލާމީ މަރުކަޒުގެ ކަންތައްތައް ކުރައްވާނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމުގައިވެސް ރޭ ޑރ ޝަހީމު ވިދާޅުވިއެވެ.
.
. .