English Edition
Dhivehi Edition

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ނިންމަވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެކަން އިންތި އިއުލާންކުރެއްވީ ރޭގެ ވަގުތެއްގައި ކުރެއްވި ޓުވިޓެއްގައެވެ. އިންތި އަކީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަން އަދި މިހާތަނަށް ރަސްމީކޮށް އިއުލާން ކުރެއްވި ހަމައެކަނި ކެންޑިޑޭޓެވެ.

މި މަގާމަށް ވާދަކުރައްވާކަން އިއުލާން ކުރުމަށްފަހު، އިންތި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ކާމިޔާބުވާނެ ހުރިހާ ހިސާބުތަކެއް ޖެއްސެވުމަށް ފަހު އެހާ ބޮޑު ޔަގީންކަމެއް އޮތުމުން ކަަމަށެވެ.

އެމްޑީޕީގެ އިސް މަގާމުތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާއިރު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތި ގެ އިތުރުން ކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދު ވާދަކުރައްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.