English Edition
Dhivehi Edition

ރާއްޖޭގެ މަޝްހޫރު ފިލްމީތަރިން ކަމަށްވާ އާއިޝަތު ރިޝްމީ އާއި ރަވީ ފާރޫޤް ވަރިވެއްޖެއެވެ.

ދެތަރިން ވަކިވިކަން އިއުލާންކޮށް، ރިޝްމީ ރޭ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ އެ މީހުން އެކުގައި ހޭދަކުރި ދެ އަހަރެއްހާ ދުވަސް ދިޔައީ ވަރަށް އުފާވެރިކޮށް ކަމަށެވެ. އަދި އެ ދުވަސްތަކުގައި އެހެން މީހުންނަށް ވެސް ދިމާވާ ކަހަލަ، އެކި އުނދަގޫތަކާ ވެސް ކުރިމަތިލާން ޖެހުނު ކަމަށް ރިޝްމީ ވަނީ ބުނެފައެވެ. ދެމީހުން ފުރާނަ ކިރިޔާ ސަލާމަތްވި ނުރައްކާތެރި ދެ ހާދިސާއަކާއި ކުރިމަތިލާންޖެހުނު ކަން ފާހަގަކޮށް ރިޝްމީ ބުނީ އެކަމުން އަރައިގަތުމަށްވެސް އެކުގައި މަސައްކަތްކޮށް ކުރި ހޯދިކަމަށެވެެ،

އިތުރަށް ރިޝްމީ ބުނީ ކޮވިޑްގެ ތެރޭގައި ދެމީހުންނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށާއި އެ ދެމީހުންގެ ހިޔާލާއި އިސްކަންދޭ ކަންކަމަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައުމާ ގުޅިގެން، އެކުގައި އުޅެވެން ނެތުމުން، ދެމީހުންނަށް ވެސް ރަނގަޅު ގޮތަކީ ވަކިވުން ކަމަށް ފެންނާތީ ވަރިވާން ނިންމީކަމަށެވެ. އަދި މި ގުޅުން ނިމުމަކަށް ގެނައި ނަމަވެސް އަބަދު ވެސް ރައްޓެހިކަމުގެ ގުޅުމާއި މަސައްކަތުގެ ދާއިރާއިން ގުޅުން އޮންނާނެ ކަމަށް ރިޝްމީ ވަނީ ބުނެފައެވެ. ރިޝްމީ ވަނީ އެ މީހުންގެ މި ނިންމުމަށް އެންމެން އިހްތިރާމްކޮށް ޕްރައިވެސީ ދިނުމަށް އެދިފަ އެވެ.

ރިޝްމީ އާއި ރަވީ ކައިވެނި ކުރީ 2019 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހުއެވެ. ރިޝްމީ އާއި ކައިވެނިކުރުމުގެ ކުރިން ރަވީ ވަނީ އިތުރު ދެ ކައިވެންޏެއްކޮށްފައެވެ. އަދި ރިޝްމީ ވެސް ވަނީ ރަވީ އާއި ކައިވެނި ކުރުމުގެ ކުރިން ފިލްމީތަރި އަހްމަދު އަޒްމީލް އާއި ކައިވެނި ކޮށްފައެވެ.

3 ކޮމެންޓް
ފަސާދަވެރިޔާ
ފެބުރުއަރީ 16, 2022
އަހަރެމެންނައް ކޮންބަލާއެށް ތިދެމީހުން ވަރިވީމަ
އަމާޒްވާނެ ރައްބުޑައް
ފެބުރުއަރީ 16, 2022
އަހަރެމެންނައް ކޮންބަލާއެށް ތިދެމީހުން ވަރިވީމަ
އަމާޒްވާނެ
ފެބުރުއަރީ 16, 2022
އަހަރެމެންނައް ކޮންބަލާއެށް ތިދެމީހުން ވަރިވީމަ